މުނިފޫހި މެގަސްޓާރ ޗިރަންޖީވީގެ ޓެލުގޫ ފިލްމް “ގޯޑްފާދަރ”ގެ ޝޫޓިންގައި ސަލްމާން ޚާން ބައިވެރިވަނީ

މެގަސްޓާރ ޗިރަންޖީވީގެ ޓެލުގޫ ފިލްމް “ގޯޑްފާދަރ”ގެ ޝޫޓިންގައި ސަލްމާން ޚާން ބައިވެރިވަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މެގަސްޓާ ޗިރަންޖީވީ ފެނިގެންދާ ކުރިއަށް އޮތް ޓެލުގޫ ފިލްމު “ގޯޑްފާދަރ” ގައި ބޮލީވުޑްގެ ސުޕަސްޓާ ސަލްމާން ޚާންގެ ފެނިގެންދާނެ ކަމަށް ހަބަރުތައް ބުނެފި އެވެ.

މި ފިލްމަކީ މޯހަންލާލް ލީޑް ރޯލް ކުޅެފައިވާ މަލަޔާލަމް ބްލޮކްބަސްޓާ ލޫސިފަރގެ ޓެލުގޫ ރީމޭކެކެވެ. ލޫސިފަރ ވަނީ އެކްޓަރު ޕްރިތުވީރާޖް ޑައިރެކްޓްކުރި ފުރަތަމަ ފިލްމުވެސް ފާހަގަކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގައި ޕްރިތުވީރާޖް ކުޅެފައިވާ ރޯލު ސަލްމާން ކުޅޭނީ ވަކި ކަހަލަ އިސްލާހުތަކަކާއެކު އެވެ. ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ސަލްމާން އާއި ޗިރަންޖީވީ މި ފިލްމުގެ ޝޫޓިން ފަށާނީ އަންނަ ޖެނުއަރީ މަހުގެ ފަހުކޮޅު ނުވަތަ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ހައިދަރުއާބާދުގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސަލްމާން ކުޅެނީ ޑައިނަމިކް ރޯލެއް ކަމަށާއި ކެމިއޯ އަށް އޭނާ ވަނީ 5 ދުވަހާއި 7 ދުވަހާ ދެމެދު ގެ މުއްދަތެއް ހަމަޖައްސައިދީފައި ކަމަށެވެ. ސަލްމާންގެ އައުރާ ހަނދާނުގައި ބަހައްޓައިގެން ދިރިއުޅުމުގެ ގިނަ ވަގުތުތަކެއް ކިއުރޭޓް ކުރުމަށް ފިލްމުގެ އުފެއްދުންތެރިން ވަނީ އޮރިޖިނަލް ފިލްމުން ބަދަލުތަކެއް ގެނެސްފަ އެވެ.

ސަލްމާން އާއި ޗިރަންޖީވީ އެކުގައި އުފައްދާ މި ފިލްމުގެ ޝޫޓިން ކޮވިޑް-19 އާ ގުޅިގެން އެއްވެސް ހުރަހެއް ނާޅާނަމަ މި މަހުގެ ފަހުކޮޅު ފަށާނެ ކަމަށް އެ ސްޓޭޓްގެ ސަރުކާރުން ވަނީ ބުނެފައެވެ.

މި ފިލްމުގައި މަސައްކަތް ކުރަމުން އަންނަ ކުރީގެ މިއުޒިކް ކޮމްޕޯޒަރ އެސް ތަމަން ވެސް ވަނީ މި ފިލްމުގައި ދެ ސުޕަސްޓާރުން އެކުގައި ނަށަން ހަމަޖެހިފައިވާކަން ކަށަވަރުކޮށްދީފަ އެވެ.

ކޮނިޑެލާ ޕްރޮޑަކްޝަން ކޮމްޕެނީ އާއި ސުޕަ ގުޑް ފިލްމްސް އިން މިހާރު ޕްރޮޑަކްޝަންގެ މަސައްކަތް ކުރަމުން އަންނަ “ގޯޑްފާދަރ” ޕްރޮޑިއުސް ކުރަމުން އަންނަ އިރު، އެ ދެ ފިލްމު ވެސް މިހާރު އަންނަނީ އުފައްދަމުންނެވެ.

ޓެގް

ސަލްމާން ޚާން ބޮލީވުޑް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.