މުނިފޫހި ޖެނިފާ ލޮޕޭޒްގެ “ދަ މަދާރ” ކޮވިޑުގެ ކަންބޮޑުވުންތަކާ ގުޅިގެން ވަގުތީ ގޮތުން ހުއްޓާލައިފި

ޖެނިފާ ލޮޕޭޒްގެ “ދަ މަދާރ” ކޮވިޑުގެ ކަންބޮޑުވުންތަކާ ގުޅިގެން ވަގުތީ ގޮތުން ހުއްޓާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ހޮލީވުޑްގެ ސްޕަރސްޓާރ ޖެނިފާ ލޮޕޭޒް ގެ މުޅިން އައު ޕްރޮޑަކްޓެއްކަމުގައިވާ “ދަ މާދަރ” ގެ މަސައްކަތް ކޮވިޑުގެ ކަންބޮޑުވުންތަކާ ގުޅިގެން، ވަގުތީގޮތުން ހުއްޓާލައިފިއެވެ.

ޕްރޮޑަކްޝަން ޓީމާ ގުޅުން ހުރި ކޮރޯނާވައިރަސް ކޭސްތަކެއް ފެންމަތިވުމާ ގުޅިގެން “ދަ މާދަރ” ގެ ބައެއް މަންޒަރުތައް ނެގުމުގެ މަސައްކަތް ވަގުތީ ގޮތުން މަޑުޖައްސާލައިފައިވާއިރު، މި ފިލްމުގެ ބޮޑު ބައެއް ޝޫޓްކޮށްފައި ވަނީ ކެނެޑާގައެވެ. މިފެށުނު އާ އަހަރުގެ ކުރިން ލޮޕޭޒް ވަނީ ފިލްމުގެ ގިނަ ސީންތައް ޝޫޓްކޮށްފަ އެވެ.

ވެރައިޓީ އިން ބުނާ ގޮތުގައި 2022 ވަނަ އަހަރު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ނުރައްކާތެރި ޙަމަލާދޭ މީހުން ފިލައިގެން އަންހެންކުދިން ވަގަށްނެގުމާއި، ރޭޕްކުރުމާއި، އަދިވެސް ކިޑްނެޕް ކުރުންފަދަ ކަންކަމަށް މީހުން ހޭލުންތެރިކުރުމުގެ ގޮތުން އުފައްދާ ފިލްމެކެވެ.

މި ފިލްމްގެ ތްރިލާގައި ޖޯސެފް ފިއެނެސް، ގެލް ގަރްސިއާ ބެރްނާލް އަދި އޮމަރީ ހާޑްވިކް ވެސް ފެނިގެންދެ އެވެ.

“މަދާރ” އަކީ ފަހަކަށް އައިސް ފެތުރެމުންދާ ކޮވިޑްގެ ތެރޭގައި ޕްރޮޑަކްޝަން ހުއްޓާލަން މަޖުބޫރުވެފައިވާ ގިނަ މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއެވެ. އޮމިކްރޯން ވޭރިއަންޓް އަދިވެސް ފެތުރެމުންދާއިރު، ގްރޭސް އެނަޓޮމީ، އެންސީއައިއެސް، ލޮސް އެންޖެލިސް އަދި ޗިކާގޯ ފަޔާ ހިމެނޭ ގޮތަށް ގިނަ ޓީވީ ޝޯތަކެއް ވަނީ ޕްރޮޑަކްޝަން މަޑުޖައްސާލާފައެވެ.

ދާދި ފަހުން ޑެޑްލައިން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެންސީއައިއެސް އަށް ސީޒަން 19 ގައި ޕްރޮޑަކްޝަން މަޑުޖައްސާލަން މަޖުބޫރުވީ ޒޯން އޭ ގައި ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ޕްރޮޑަކްޝަން އޭރިއާގައި ކާސްޓުންގެ އިތުރުން ސެޓްގައި ތިބި މީހުން އެމީހުންނާ ކޮންޓެކްޓް ވެފައިވުން ވެސް ހިމެނެ އެވެ.

އޮމިކްރޯން ވޭރިއަންޓަކީ އެންމެ ގައިން ގަޔަށް އަރާ ވޭރިއަންޓް އަށް ވެފައި، މުނިފޫހިފިލުވުމުގެ ދާއިރާގެ ހުރިހާ ދިމާލަކުންނާއި އެ ނޫން ވެސް ހުރިހާ ދިމާލަކުން ވެސް އެކްޓިވިޓީސްތައް ބަންދުކުރަން މަޖުބޫރުވެ އެވެ.

ދާދި ފަހުން ފެތުރުނު މި ރޯގާގެ ސަބަބުން 2022 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ފަދަ ބައިނަލްއަގުވާމީ އެކި އިވެންޓްތައް ވެސް ފަސްކުރަން ޖެހުނެވެ. އަހަރީ ހަފުލާ ބާއްވާނެ އާ ތާރީހެއް އަދި ނުނިންމަ އެވެ.

ޓެގް

ޖެނިފާ ލޮޕޭޒް ހޮލީވުޑް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.