ތައިލެންޑުގައި ހިނގި ފެންބޮޑުވުމުގައި ގިނަ ބަޔަކު މަރުވުމާ ގުޅިގެން ރައީސް މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފި

ތައިލެންޑުގައި ހިނގި ފެންބޮޑުވުމުގައި ގިނަ ބަޔަކު މަރުވުމާ ގުޅިގެން ރައީސް މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފި

ތައިލެންޑުގައި ހިނގި ފެންބޮޑުވުމުގައި ގިނަ ބަޔަކު މަރުވުމާ ގުޅިގެން ރައީސް މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ތައިލެންޑަށް ބޯކޮށް ވާރޭވެހި ހިނގި ފެންބޮޑުވުމުގެ ހާދިސާތަކުގައި އެތައް ބައެއްގެ ފުރާނަ ގެއްލި ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ ޤައުމުގެ ބޮޑުވަޒީރު އަނުތިން ޗާންވިރަކުލްއަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ފޮނުއްވި މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތައިލެންޑުގެ ބޮޑުވަޒީރަށާއި ސަރުކާރަށް އަދި އެ ޤައުމުގެ ރައްޔިތުންނަށް އިޚްލާޞްތެރި ތަޢުޒިޔާ އަރިސްކުރައްވާފައެވެ.

ފެންބޮޑުވުމުގެ ތެރޭގައި ކަރަންޓުގައި ޖެހުމާއި ގެނބުމުގެ ހާދިސާތައް ހިނގައި މަރުވި މީހުންގެ ޢާއިލާތަކަށް ރައީސް މުޢިއްޒު ޚާއްޞަ ހަމްދަރުދީއެއް ފޮނުއްވިއެވެ. އަދި މި ކާރިސާގައި އެތައް ބަޔަކު ހާލުގައި ޖެހި، ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން އެމަނިކުފާނު ވަނީ ހިތާމަފާޅުކުރައްވާފައެވެ.

މީގެ އިތުރުން، މި ހާދިސާގައި އަނިޔާވި އެންމެހައި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

ކާރިސާއިން އަރައިގަތުމަށް ތައިލެންޑުގެ ސަރުކާރުން ކުރިއަށްދިޔަ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގޮސް، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އަވަސް ތަސައްލީއެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތައިލެންޑް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.