ބޭރުދުނިޔެ

ރަޝިއާއިން ޔުކްރެއިންއަށް އަރައިފިނަމަ މިހާތަނަށް އަޅާނެ ދަތިކުރުމުގެ އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާނަން – ބައިޑަން

ރަޝިއާއިން ޔުކްރެއިންއަށް އަރައިފިނަމަ ނުވަތަ ހަމަލާ ދީފިނަމަ މިހާތަނަށް އަޅާނެ ދަތިކުރުމުގެ އެންމެ ހަރުކަށި ފިޔަވަޅު ރަޝިއާއާއި ދެކޮޅަށް އަޅާނެކަމަށް ބައިޑަން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި ޔޫކްރެއިން އަށް އަރައިފި ނަމަ ރަޝިއާ އާއި އެ ގައުމުގެ ބޭންކުތަކަށް އިގްތިސާދީ ގޮތުން މިހާތަނަށް އަޅާފައިވާ އެންމެ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވީޑިއޯ ކޮންފަރެންސެއްގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އަށް ދަންނަވާނެއެވެ.

އެމެރިކާގެ އޮފިޝަލުން ބުނީ ރަޝިޔާގެ އެންމެ ބޮޑެތި ބޭންކުތަކަށާއި މޮސްކޯއަށް ރޫބްލްތައް ޑޮލަރާއި އެނޫންވެސް ކަރަންސީތަކަށް ބަދަލުކުރުމުގެ ގާބިލްކަން ލިބިފައިވާ ކަމަށް ބުނެ މިހާރުވެސް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ޔޫކްރެއިންގެ ބޯޑަރު ކައިރީގައި ޖަމާވެފައިވާ އެތައް ހާސް ސިފައިން އެތަނުން ދުރުކުރުމުގެގޮތުން ޕޫޓިންއަށް ހުރަސްއެޅުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށެވެ.

މި ބައްދަލުވުމުގެ ކުރިން ކްރެމްލިންއިން ބުނެފައިވަނީ، ދެރައީސުން ގެ  އެބައްދަލުވުމުން އެއްވެސް ކުރިއެރުމެއް ލިބޭނެ ކަމަށް އުއްމީދު ނުކުރާ ކަމަށާއި، އެފަދަ ވިސްނުމަކަށް ރަޝިއާއިން އިންކާރު ކުރާ ކަމަށާއި، އެގައުމުގެ އަސްކަރިއްޔާގެ ފައުޖުތައް ތައްޔާރީ ޙާލަތުގައި ބޭތިއްބުމަކީ ދިފާއީ ކަމެއް ކަމަށެވެ.

ރަޝިއާގެ ސިފައިންގެ ފައުޖްތައް ޔުކްރެއިންއާއި ރަޝިއާ ގުޅޭ ބޯޑަރުކައިރީގައި ރުކުރުވާލައިފައިވާއިރު ހުޅަނގުގެ އަސްކަރީ އެހީތަކުން ޔޫކްރެއިންއަށް ލިބޭ އެހީއާއި ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ) ފުޅާކުރުމަށް ގޮވާލާ ގޮވާލުންތައް ދަނީ އިތުރުވަމުންނެވެ.

ޔޫކްރެއިންގެ ވިސްނުމާ މެދު ވެސް ރަޝިއާ ސަރުކާރުން ސުވާލު އުފައްދާފައިވާއިރު، ޔޫކްރެއިން އިން ވަނީ 2014 ވަނަ އަހަރު ރަޝިއާގެ ވާގިވެރިވާ ވަކިވަކި ހަނގުރާމަވެރިންގެ އަތުން ގެއްލުނު ސަރަހައްދުތައް އަލުން ހިފުމަށް ކިއޭވް އިން ބާރުގެ ބޭނުން ނުކުރާނެ ކަމުގެ ޔަގީންކަން ބޭނުންވާ ކަމަށް ބުނެފަ އެވެ.

“އަޅުގަނޑުމެން މިބަލަނީ އެމެރިކާއާއެކު ރަނގަޅު، ބަލައިގަނެވޭފަދަ ގުޅުންތަކެއް ޤާއިމް ކުރުމަށް. ރަޝިޔާއިން އެއްވެސް އިރެއްގައި އެއްވެސް މީހަކަށް ހަމަލާދިނުމުގެ ވިސްނުމެއް ނުގެންގުޅެން، ނަމަވެސް އަހަރެމެންގެ ކަންބޮޑުވުންތައް އެބަހުރި، އަހަރެމެންގެ ރަތް ރޮނގުތައް އެބަހުރި” ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވިއެވެ.

ކޮންމެއަކަސް “ކޫލް ހެޑް” އެއް ބެހެއްޓުމަށް ގޮވާލައްވަމުން ޕެސްކޯވް ވިދާޅުވީ، ޔޫރަޕްގައި އުފެދިފައިވާ ނުތަނަވަސްކަން އާދަޔާ ޚިލާފު ބޮޑުކަމަށް ބުނާ ބުނުމަށް ޕުޓިންއާއި ބައިޑަން ބަސްވިދާޅުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ރަޝިޔާގެ ރޫބްލް އަންގާރަ ދުވަހު ތަންކޮޅެއް ބަލިކަށިވެފައި ވާއިރު، މާކެޓްގެ ބައެއް ތަޖްރިބާކާރުން ލަފާކުރާ ގޮތުގައި، މި މަޝްވަރާތަކުގެ ސަބަބުން ނުތަނަވަސްކަން އިތުރުވެ، އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، އެއްގަމު މަގުން ހޯދުމުގެ އުންމީދު ތައް ވަނީ ހީނަރުވެފައެވެ.

ޖުލައި މަހުން ފެށިގެން ޕޫޓިންއާއެކު ސީދާ ފުރަތަމަ މަޝްވަރާތައް ފެށުމުގެ ކުރިން ބައިޑަން ހޯމަ ދުވަހު ވަނީ ޔޫކްރެއިންގެ ސަރަހައްދީ ރޮނގުގެ މިނިވަންކަމާއި އިސްތިގުލާލަށް ތާއީދުކޮށް ވަރުގަދަ ޖޮއިންޓް ސްޓޭންޑެއް ހޯދުމަށް ޔޫރަޕްގެ އެކުވެރި ގައުމުތަކާ އެކު ދަތިކުރުމުގެ ފިޔަވަޅުތަކާ ބެހޭ ޕްލޭނާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close