ކޮވިޑް-19ގެ އާ އޮމިކްރޯން ވޭރިއަންޓާ މެދު މުޅި ދުނިޔެ ޕެނިކް ވާން ނުޖެހޭ ކަމަށާ، ނަމަވެސް އެކަމަށް ތައްޔާރުވާން ޖެހޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.
ހުކުރު ދުވަހު ބޭއްވި ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ޑަބްލިއުއެޗްއޯގެ އިސް ސައިންޓިސްޓެއް ކަމަށްވާ ސޫމިޔާ ސްވާމިނަތަން ވިދާޅުވީ، މިހާރު ކޮވިޑްގެ ހާލަތު އޮތީ މީގެ އަހަރެއްހާ ދުވަސް ކުރިން އޮތް ހާލަތާ ވަރަށް ތަފާތުކޮށް ކަމަށެވެ. އޭނާ ވިދާޅުވީ ރިޕޯޓްތައް ބުނާ ގޮތުން އޮމިކްރޯން ފެނިފައިވަނީ 40 ވަރަކަށް ގައުމުންކަމަށެވެ.
“އަޅުގަނޑުމެން އެބަޖެހޭ ތައްޔާރުވެ، ސަމާލުވާން، ޕެނިކް ވާކަށް ނޫން،” ޑަބްލިއުއެޗްއޯގެ އިސް ސައިންޓިސްޓް ސޫމިޔާ ސްވާމިނަތަން ވިދާޅުވި އެވެ.
ސައުތު އެފްރިކާގެ ސައިންސްވެރިންގެ ފަރާތުން ރިޕޯޓްކޮށްފައިވާ ކުރީގެ ޑޭޓާތަކުން ދައްކާ ގޮތުގައި މި ވޭރިއަންޓް އެންމެ ފުރަތަމަ ފެނުނު ސައުތު އެފްރިކާގެ ސައިންސްވެރިންގެ ހޯދުންތަކުން ދައްކާ ގޮތުގައި އޮމިކްރޯން އަށް ކޮވިޑުގެ ކޮންމެވެސް ވަރެއްގެ އިމިއުނިޓީއެއް ލިބުމަކީ އެކަށީގެންވާ ކަމެކެވެ.
ޑރ ސްވާމިނަތަން ރޮއިޓާސް ނެކްސްޓް ކޮންފަރެންސަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ވޭރިއަންޓަކީ ދެކުނު އެފްރިކާގެ ޑޭޓާތަކަށް ބަލާއިރު “ވަރަށް ޓްރާންސްމިޝަނަބަލް” ވޭރިއަންޓެއް ކަމަށާއި، މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޮތް އެންމެ ބާރުގަދަ ސްޓްރެއިންއަށް ވެދާނެ ކަމަށެވެ. ޑެލްޓާއަކީ މިހާރު މުޅި ދުނިޔެއިން ވެސް 99 އިންސައްތަ ކޭސް ހިއްސާކުރާ އެއްޗެއް ކަމަށް ވެސް ބުންޏެވެ.
“ކިހާ ކަންބޮޑުވާން ޖެހޭތަ؟ އަޅުގަނޑުމެން ތައްޔާރުވެ، ސަމާލުވެ، ޕެނިކް ނުވެ، މީގެ ވިއްސަކަށް އަހަރު ކުރިން އަޅުގަނޑުމެން މިތިބީ އެހެން ހާލަތެއްގައި،” އޭނާ ވިދާޅުވި އެވެ.
ޑަބްލިއުއެޗްއޯގެ އިމަޖެންސީސް ޑިރެކްޓަރު މައިކް ރަޔާން ވިދާޅުވީ، ކޮވިޑާ ދެކޮޅަށް ދުނިޔޭގައި މިހާރު “ވަރަށް އެފެކްޓިވް ވެކްސިންތަކެއް” ހުރި ކަމަށާއި، އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނީ އެ ވެކްސިންތައް މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ބެހުމަށް ކަމަށެވެ. އޭނާ ވިދާޅުވީ މި ޖަބްސްތައް އާ އޮމިކްރޯން ވޭރިއަންޓަށް ފެތޭ ގޮތަށް ބަދަލުކުރުމަށް ހުރަސް އެޅޭ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.
އޮމިކްރޯން ފުރަތަމަ ފަހަރަށް ފެނުމާ ގުޅިގެން ދެކުނު އެފްރިކާގެ ގައުމުތަކާ ދެކޮޅަށް ދަތުރުފަތުރުކުރުން މަނާކުރަން ދުނިޔޭގެ އެކި ގައުމުތަކުން ވަނީ އިއުލާނުކޮށްފަ އެވެ.
އެމެރިކާއަށް ދަތުރުކުރާ ބައިނަލްއަގްވާމީ ހުރިހާ ދަތުރުވެރިން ވެސް ދަތުރުކުރުމުގެ އެއް ދުވަހަށް ވުރެ ގިނަ ދުވަސް ކުރިން ކޮވިޑު ޓެސްޓެއް ހަދަން އެމެރިކާގެ އޮފިޝަލުން މަޖުބޫރުކޮށް، އެ ޓެސްޓު ހަދަން މަޖުބޫރު ކުރިއެވެ. އެއީ މި ވޭރިއަންޓާ ގުޅިގެން އެމެރިކާގެ ޓްރެވަލް ރޫލްސް ހަރުކަށި ކުރުމާ ގުޅިގެންނެވެ.
ހަވާއީ ހިމެނޭ ގޮތަށް އެމެރިކާގެ މަދުވެގެން ހަ ސްޓޭޓަކުން އޮމައިކްރޯން މިހާރު ފެނިފައިވާއިރު، އޮފިޝަލުން ވިދާޅުވާ ގޮތުގައި މި ކޭސްތަކަކީ ފަހުގެ ޓްރެވަލް ހިސްޓްރީއެއް އޮތް ކޭސްތަކެއް ނޫން ކަމަށެވެ.
އިންޑިއާއިން ވެސް ވަނީ އޮމިކްރޯން ވޭރިއަންޓްގެ ފުރަތަމަ ދެ ކޭސް ރިޕޯޓްކޮށްފައެވެ. އޭގެ ތެރެއިން އެކަކީ ދެކުނު އެފްރިކާގެ ރައްޔިތެއް ކަމަށްވާ އުމުރުން 66 އަހަރުގެ މީހެއް ކަމަށާއި އޭނާ އިންޑިއާ އިން ފުރައިގެން ގޮސްފައިވާ ކަމަށް އޮފިޝަލުން ވިދާޅުވި އިރު، ދެވަނަ މީހަކީ އިންޑިއާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ބެންގަލޫރޫގައި ހުރި 46 އަހަރުގެ ޑޮކްޓަރެއް ކަމަށާއި އެ ޑޮކްޓަރަކީ އެއްވެސް ޓްރެވަލް ހިސްޓްރީއެއް އޮތް މީހެއް ނޫން ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.
ކޮވިޑުގެ ދެވަނަ ރާޅެއް ގެ ސަބަބުން މިއަހަރުގެ އޭޕްރީލް މަހާއި މެއި މަހު އެ ގައުމުގެ ސިއްހީ ނިޒާމު ކަކޫ މައްޗަށް ތިރިވެ، ހޮސްޕިޓަލްތައް އެނދުތަކާއި އޮކްސިޖަން އަދި ބޭސް ހުސްވެ، އެނދުތައް ހުސްވެ، ސިއްހީ ނިޒާމަށް ވަނީ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައެވެ.
އާ ވޭރިއަންޓް ފެތުރެން ފަށާފައި މިވަނީ ޔޫރަޕްގެ ގައުމުތަކުން މިހާރުވެސް އިންފެކްޝަންތައް އިތުރުވުމާ ގުޅިގެން ފިއްތުންތައް ކުރިމަތިކުރަމުންދާ ދަނޑިވަޅެއްގައެވެ.
ވެކްސިން ނުޖަހާ މީހުންނަށް ބޮޑެތި ދަތިތަކެއް ހުރިކަން ޖަރުމަނުވިލާތުން ބުރާސްފަތި ދުވަހު އިޢުލާނުކޮށްފައިވާއިރު، ރެސްޓޯރަންޓްތަކާއި، ސިނަމާތަކާއި، ގިނަ ފިހާރަތަކުގައި ވެކްސިން ނުޖަހާ މީހުންނަށް ހުއްދަ ދޭނީ ހަމައެކަނި ބަލިން ރަނގަޅުވެފައިވާ މީހުންނަށް އެކަނިކަމަށް ވަނީ އިޢުލާނުކޮށްފައެވެ.
ޗާންސެލަރ އެންޖެލާ މާކެލްވެސް ވިދާޅުވީ ފެބްރުއަރީ މަހުގެ ނިޔަލަށް ވެކްސިން ދިނުން މަޖުބޫރުވެދާނެކަމަށެވެ. އަވަށްޓެރި އޮސްޓްރިއާއިން 1 ފެބުރުވަރީއިން ފެށިގެން ރައްޔިތުންނަށް މަޖުބޫރު ޖަބްސް އިޢްލާން ކުރިއިރު، ބެލްޖިއަމްއާއި ނެދަރލޭންޑްސް ފަދަ ގައުމުތަކުން ވަނީ ކޭސްތައް ފެތުރުން ހުއްޓުވުމުގެ މަގުސަދުގައި ފިޔަވަޅުތައް އަނބުރާ ގެނެސް ނުވަތަ ހަރުކަށި ކޮށްފައެވެ.
ބޫސްޓާ ޖަބްސް ރޯލްއައުޓް ކުރުން އަވަސް ކުރުމަށް އިނގިރޭސިވިލާތުގެ ސިއްހީ އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ. ފައިޒަރ އަދި މޮޑާނާ ޖަބްސް (ވެކްސިން)ގެ އިތުރު 114 މިލިއަން ޑޯޒް ސަރުކާރުން ގަނެފައިވާއިރު، އަންނަ ޖެނުއަރީ މަސް ނިމުމުގެ ކުރިން ހުރިހާ ބޮޑެތި މީހުންނަށް ބޫސްޓަރއެއް ދޭނެކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...