ޚަބަރު އުރީދޫއާއި މާޒިޔާ ގުޅިގެން ކެނދިކުޅުދޫގައި ފުޓްބޯޅަ އެކެޑެމީއެއް ހުޅުވައިފި

އުރީދޫއާއި މާޒިޔާ ގުޅިގެން ކެނދިކުޅުދޫގައި ފުޓްބޯޅަ އެކެޑެމީއެއް ހުޅުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އުރީދޫއާއި މާޒިޔާ ގުޅިގެން ކެނދިކުޅުދޫގައި ފުޓްބޯޅަ އެކެޑެމީއެއް ހުޅުވައިފިއެވެ.

ކުރިއަރަމުން އަންނަ ފުޓުބޯޅަ ތަރިންގެ ހުނަރު ތަރައްގީ ކުރުމުގެ މަޤްސަދުގައި ހުޅުވި މިއެކެޑެމީ އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ކެނދިކުޅުދޫ ޓަރފް ދަނޑުގައެވެ.

މި އެކެޑެމީ ހުޅުވުމުގެ ރަސްމިއްޔާތުގައި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ބައިވެރިވެވަޑައިގެންނެވިއެވެ. ނިޔާޒުގއ އިތުރުން މާޒިޔާގެ އިސް ބޭފުޅުންނާއި ކެނދިކުޅިދޫ ކައުންސިލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މާޒިޔާ އިން ވަނީ މި އެކެޑަމީ ހުޅުވުމުގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި އުރީދޫ އާއި ކެނދިކުޅުދޫ ކައުންސިލުންނާއި އެފްއޭއެމްގެ ރައީސް ބައްސާމް ވެދެއްވި އެހީއަށް ޝުކުރު އަދާ ކޮށްފައެވެ.

މާޒިޔާ އަކީ އުރީދޫގެ ބްރޭންޑް އެންބެސެޑަރެވެ. އެހެންވެ އެ ކުންފުނިން އަންނަނީ މާޒިޔާއާ ގުޅިގެން ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޓެގް

މާޒިޔާސްޕޯޓްސް ކްލަބް އުރީދޫ ކެނދިކުޅުދޫ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.