ޚަބަރު

އާ ވޭރިއެންޓާ ގުޅިގެން ރާއްޖެވެސް ސީރިއަސް


ދެކުނު އެފްރިކާއިން ފެނިގެން އުޅޭ ކޮވިޑުގެ އާ ވޭރިއަންޓް އޮމިކްރޮންއާ ގުޅިގެން ރާއްޖެއިން ވެސް އެކަން ސީރިއަސް ކަމެއްގެ ގޮތުގައި މިހާރުން މިހާރަށް ވިސްނައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން މަޝްވަރާ ފަށައިފިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަހުގެ އާ ވެރިއަންޓެއް އެންމެ ފުރަތަމަ ފެނިފައިވަނީ މި ހަފުތާގައި ސައުތު އެފްރިކާ އިންނެވެ. ނަމަވެސް މިހާރު ހޮން ކޮންގް، އިޒްރޭލް އަދި ބޮޓްސްވާނާ އިން ވެސް މި ވައިރަސް ވަނީ ފެނިފަ އެވެ. އަދި އާ ވޭރިއަންޓް ފެނުމާ ގުޅިގެން ގައުމުތަކުން އަނެއްކާވެސް ބޯޑަރު ބަންދުކޮށް، ދަތުރުފަތުރު ކުރުމުގައި ހަރުކަށި އުސޫލުތައް ވަނީ ތައާރަފްކުރަން ފަށައިފަ އެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ބުނީ، މިހާރު ފެނިގެން އުޅޭ އޮމްކްރޯން ވޭރިއަންޓަކީ ރާއްޖެއަށްވެސް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި އާ ވޭރިއަންޓާ ގުޅިގެން ރާއްޖެއިން އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާކުރަން މިއަދު ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ބައްދަލުވުމެއް ބާއްވަން މަޝްވަރާ ކުރާނެ ކަމަށެވެ.

50 އަހަރުން މަތީގެ މީހުންނަށް ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒު ރާއްޖޭގައި ދޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިއަހަރުގެ ޑިސެމްބަރު މަހުގެ މެދު ތެރޭގައި ރާއްޖޭގެ އާންމު ރައްޔިތުންނަށް ބޫސްޓާ ޕްރޮގްރާމް ފެށާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނަށް އަންނަ ހަފްތާގައި ބޫސްޓާ ޝޮޓް ދޭން ފަށާނެ ކަމަށެވެ. އަދި ބޫސްޓާ އަށް ޝަރުތު ފުރިހަމާ ފަރާތްތަކުން ވީހާވެސް އަވަހަށް ވެކްސިން ޖެހުމަށްވެސް ރައީސް އިލްތިމާސްކުރެއްވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close