އެފްރިކާއިން ފެނުނު އައު ވޭރިއަންޓަށް ޑަބްލިއުއެޗްއޯ އިން ނަން ދީފި
ދެކުނު އެފްރިކާއިން ފެނުނު ކޮރޯނާވައިރަހުގެ އާ ވޭރިއަންޓާ ގުޅިގެން ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ނަންދީފިއެވެ.
B.1.1.1.529 މި ވޭރިއަންޓަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ދީފައިވާ ނަމަކީ އޯމިކްރޯންއެވެ. ކޮވިޑް-19 ވޭރިއަންޓްތަކަށް ގްރީކް އަކުރުތަކުން، ޑަބްލިއުއެޗްއޯއިންދަނީ ނަންދެމުންނެވެ. މިވަގުތު ދުނިޔޭގައި އެންމެ ގިނައިން ފެތުރެނީ އިންޑިއާއިން ފުރަތަމަ ފެނުނު ޑެލްޓާ ވޭރިއަންޓެވެ.
އެ ޤައުމުން މި ވޭރިއަންޓްގެ 100 އެއްހާ ކޭސް މިހާރު ފެނިފައިވާއިރު ފެނިފައިވާއިރު، އޭގެ ތެރެއިން ގިނަ ކޭސްތައް ފެނިފައިވަނީ ޖޮހަނަސްބާރގް އަދި ޕްރިޓޯރިއާ ގައި އޮންނަ އެ ޤައުމުގެ އެންމެ އާބާދީ ބޮޑު ޕްރޮވިންސް ކަމަށްވާ ގައުޓެންގް އިންނެވެ.
ކޮވިޑް-19ގެ އައު ވޭރިއަންޓްގައި މިއުޓޭޝަންގެ ވަރަށް އާދަޔާ ޚިލާފު ކޮންސްޓަލޭޝަންއެއް އެކުލެވިގެންވާ ކަމަށް ސައިންވެރިން ބުނެއެވެ. މިއީ ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ފޫއަޅުވައިލެވޭ ފަދަ ވޭރިއަންޓެއް ކަމަށާއި މިހެންކަމުން، ބަލި ޖެހޭ މިންވަރު އިތުރުވާނެ ކަމަށް މިހައިތަނަށް ހެދުނު ދިރާސާތަކުން ދައްކަައެވެ.
ދެކުނު އެފްރިކާގެ ސައިންސްވެރިން ވަނީ މި ވޭރިއަންޓްގެ ސްޕައިކް ޕްރޮޓީންއަށް 30އަށް ވުރެ ގިނަ މިއުޓޭޝަން އައިސްފައިވާކަން ދެނެގަނެފައެވެ. ސްޕައިކް ޕްރޮޓީނަކީ ކޮރޯނާ ވައިރަސް އިންސާނުންގެ ސެލްތަކަށް އިންފެކްޓްވުމަށް އެންޓްރީ ޕޮއިންޓެއް އުފެއްދުމަށް އެހީތެރިވެދޭ ބައެވެ.
