ޚަބަރު

ކޮވިޑް ވެކްސިންގެ ޝަރުތުހަމާ އާބާދީގެ 100 ޕަސަންޓަށް ފުރަތަމަ ޑޯޒް ފުރިހަމަ ކުރި ފުރަތަ ޤައުމަކަށް ޔޫއޭއީ ވެއްޖެ

ކޮވިޑް ވެކްސިންގެ ޝަރުތުހަމާ އާބާދީގެ 100 ޕަސަންޓަށް ފުރަތަމަ ޑޯޒް ފުރިހަމަ ކުރި ފުރަތަ ޤައުމަކަށް ޔޫއޭއީ ވެއްޖެއެވެ.

އަދި އެޤައުމުން ވަނީ އެ ޤައުމުގެ 90 އިންސައްތަ އަށްވުރެ ގިނަ މީހުންނަށް ވެކްސިންގެ ދެ ޑޯޒްވެސް ފުރިހަމަ ކޮށްފައެވެ.

ކޮވިޑް-19ގެ ވެކްސިން މުޅި ދުނިޔެއަށް ދޭން ފަށާފައިވާއިރު، ޔޫއޭއީ އަކީ ޗައިނާގެ ސައިނޯފާމް އާއެކު ހިލޭ އެ ގައުމުގެ ރަށްވެހިންނާއި ރައްޔިތުންނަށް ވެކްސިން ދިން ދުނިޔޭގެ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް 21.8 މިލިއަނަށްވުރެ ގިނަ ޑޯޒްގެ ވެކްސިން ވަނީ އެޤައުމުގައި ދީފައެވެ.

ޔޫއޭއީގެ މިނިސްޓްރީ އޮފް ހެލްތުން ޗައިނާގެ ވެކްސިން ސައިނޯފާމްގެ ކްލިނިކަލް ޓްރަޔަލްތަކުގެ ތިން މަރުހަލާގައި ވެސް ބައިވެރިވި އިރު، އެ ވެކްސިން އެޕްރޫވް ކުރުމުގެ ކުރިން އެ ވެކްސިންގެ ކްލިނިކަލް ޓްރަޔަލްތައް ކުރިއަށް ގެންގޮސްފައި ވެ އެވެ.

ވެކްސިންގެ ކްލިނިކަލް ޓްރަޔަލްތަކުގައި 31،000 އެއްހާ ވޮލަންޓިއަރުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ދާއިމީ ބަލިތައް ހުންނަ 1،000 ވޮލަންޓިއަރުން ވެސް ހިމެނެ އެވެ.

އެހެން ގައުމުތަކެކޭ އެއްފަދައިން ޔޫއޭއީއިންވެސް ވެކްސިން އިމަޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ފުރަތަމަ ދިނީ ފޭސް ތިނެއްގެ ޓްރަޔަލްތައް ކުރިއަށްދާއިރު، ފުރަތަމަ މަރުހަލާގެ ޓްރަޔަލްތަކުގެ ކުރީކޮޅު ސައިޑް އިފެކްޓްތަކެއް ފެނިފައި ނުވާތީ އެވެ. ފްރަންޓްލައިންގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނަށް އެންމެ ފުރަތަމަ ޖަބް ލިބުނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ މެދުތެރޭގައެވެ.

ދުބާއީގެ ކަމާބެހޭ ފަރާތްތަކުން ޔޫއޭއީގައި އެންމެ ފުރަތަމަ އެމެރިކާގެ ވެކްސިން ފައިޒަރ-ބައޯއެންޓެކްއަށް ހުއްދަ ދިނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އޭގެ ފަހުން ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ރަޝިއާގެ ސްޕަޓްނިކް ވީ އާއި އިނގިރޭސިވިލާތުގެ އޮކްސްފޯޑް-އެސްޓްރަޒެނެކާ އަދި އެމެރިކާގެ މޮޑާނާ ގެ އިތުރުން އާންމުންނަށް ވެސް ހުއްދަ ދީފަ އެވެ.

ޔޫއޭއީގެ ލީޑަރުންނާއި ޝާހީ އާއިލާގެ ބޭފުޅުން އިސްކޮށް ހުންނަވައިގެން ކުރީ ސަފުގައި އިސްކޮށް ހަރަކާތްތެރިވީ ޔޫއޭއީގެ ނައިބު ރައީސް އަދި ބޮޑުވަޒީރު އަދި ދުބާއީގެ ރޫލަރ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close