އެންމެ ފަހުގެ ފަރުވާގެ ގޮތްތަކާއި، ވެކްސިން ދިނުމުގެ ވަރުގަދަ ކެމްޕެއިނަކާއެކު، ޔޫއޭއީއިން ދަނީ ކޮވިޑާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކާމިޔާބު ކުރަމުންނެވެ.
ފާއިތުވި 8 ދުވަހުގެ ތެރޭގައި އެ ޤައުމުން ކޯވިޑް-19 ޖެހިގެން އެންމެ މީހަކު ވެސް މަރުވެފައެއް ނުވެއެވެ. ޔޫއޭއީއަކީ ކޮވިޑު-19 ޖެހިގެން ދުނިޔޭގެ ނިސްބަތުން އެންމެ މަދުން މީހުން މަރުވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.
އެ ގައުމުގައި ދިރިއުޅޭ މީހުންގެ ތެރެއިން 100 ޕަސެންޓާ ގާތްކުރާ އަދަދަކަށް މީހުންނަށް ކޮވިޑު ވެކްސިންގެ މަދުވެގެން އެއް ޑޯޒް ލިބިފައިވާއިރު، 90 ޕަސެންޓް މީހުންނަށް ވެކްސިން ފުރިހަމަ އަށް ދީފައިވެއެވެ.
މިކަމުގެ ސަބަބުން، މި ބަލިމަޑުކަމުގެ ޕީކް އަށް ފަހު ދުވާލެއްގެ މައްޗަށް ކޭސްތައް ފެންނަ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށަށް ދާން ފަށާފައެވެ.
އޮކްޓޯބަރު މަހުގެ 17 ވަނަދުވަހާ ހަމައަށް ފާއިތުވި 565 ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ އަދަދު ވަނީ 100 އިން ދަށުގެ އަދަދަކަށް ދަށަށް ގޮސްފައެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 100 އިން ދަށުގައި ހުރި އިރު، 23 ނޮވެމްބަރ ވީ އަންގާރަ ދުވަހު މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ 70 މީހަކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...