އެމެރިކާގައި ދިރިއުޅޭ 18 އަހަރުން މަތީގެ އެންމެނަށް ކޯވިޑް ބޫސްޓަރ ދިނުމުގެ ހުއްދަ ދީފި
އެމެރިކާގައި ދިރިއުޅޭ 18 އަހަރުން މަތީގެ އެންމެނަށް ކޯވިޑް ބޫސްޓަރ ދިނުމުގެ ހުއްދަ ދީފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ.
ދުނިޔޭގެ އެންމެ ބޮޑަށް ކޮވިޑް ފެތުރިފައިވާ ފެތުރިފައިވާ އެމެރިކާގައި ފައިޒަރ އަދި މޮޑާނާ ކޮވިޑު ވެކްސިން ބޫސްޓަރތަކަށް އެމެރިކާއިން ހުއްދަ ދީފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
ކޮވިޑް ބޫސްޓަރ ދޭން މީގެ ކުރިން ހުއްދައޮންނަނީ އިމިއުން ކޮމްޕްރޮމައިޒްޑް، 65 އަހަރުން މަތީގެ މީހުންނަށާއި، ބޮޑެތި ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު މީހުންނާއި ހައި ރިސްކް އޮކިއުޕެންސީތަކުގައި އުޅޭ މީހުންނަށެވެ.
އާ ނިންމުމުގެ ސަބަބުން “ކޮވިޑް-19އިން ރައްކާތެރިވުމަށް މެދުނުކެނޑި ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެހީތެރިވެދޭނެއެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްގައި އެޑްމިޓްކުރުމާއި މަރުވުން ފަދަ ނުރައްކާތަކުން ސަލާމަތްވުމުގެ ފުރުޞަތު ބޮޑުވެގެންދާނެކަމަށް އެފްޑީއޭގެ އެކްޓިން ކޮމިޝަނަރު ޖެނެޓް ވުޑްކޮކް ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.
މޮޑާނާގެ ސީއީއޯ ސްޓެފަން ބަންސެލް އިތުރަށް ވިދާޅުވީ، މި އިމަޖެންސީ ޔޫސް އޮތޮރައިޒޭޝަން މި އައީ، ފިނި މޫސުމުގެ މަސްތަކަށް ވަދެ، ކޮވިޑް-19ގެ ކޭސްތައް އިތުރުވެ، އެމެރިކާގެ އެކި ކަންކޮޅުތަކުގައި ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހިފައިވާ މީހުންގެ އަދަދު އިތުރުވަމުން ދިއުމާ ގުޅިގެން، ނާޒުކު ދަނޑިވަޅެއްގައި ކަމަށެވެ.
އެފްޑީއޭއިން ބުނީ އެ ނިންމުން ބިނާކޮށްފައިވަނީ ދެ ވެކްސިނާއެކު އެތައް ސަތޭކަ ބައެއްގެ ވަރުގަދަ އިމިއުން ރެސްޕޮންސް ޑޭޓާގެ މައްޗަށް ކަމަށެވެ.
ފައިޒަރ އިން ވަނީ އުމުރުން 16 އަހަރުން މަތީގެ 10،000 މީހުން ބައިވެރިކޮށްގެން ކްލިނިކަލް ޓްރަޔަލްއެއް ވެސް ކުރިއަށް ގެންގޮސްފައެވެ.
މި ދިރާސާއަކީ އެފްޑީއޭއިން ނިންމި ނިންމުމެއް ކަމަށް ބުނެފައި ނުވި ނަމަވެސް، ފައިޒަރ ވެކްސިނަކީ ތިން ޑޯޒްގެ ޝޮޓެއްގެ ގޮތުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރާ ވެކްސިނެއްކަން ފާހަގަ ކުރެވިދާނެ އެވެ.


