އޮސްޓްރޭލިއާއިން ސިންގަޕޫރަށް ފައިޒަރ ވެކްސިންގެ 500،000 ޑޯޒް ހަދިޔާކޮށްފި
ސިންގަޕޫރު (ނޮވެމްބަރު 18) – ފައިޒަރ-ބައޯއެންޓެކް ކޮވިޑް ވެކްސިންގެ ގާތްގަނޑަކަށް 500،000 ޑޯޒް އޮސްޓްރޭލިއާއިން ސިންގަޕޫރަށް ހަދިޔާކޮށްފި އެވެ.
ސިންގަޕޫރާއި، އޮސްޓްރޭލިއާ އާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ސިންގަޕޫރުން ވަނީ އޮސްޓްރޭލިއާގެ ވެކްސިން ރޯލްއައުޓް ކުރުން އަވަސްކުރުމަށް އެހީތެރިވުމުގެ ގޮތުން ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު އެމްއާރްއެންއޭ ވެކްސިންގެ ގާތްގަނޑަކަށް 500،000 ޑޯޒް އޮސްޓްރޭލިއާއަށް ފޮނުވާފައެވެ.
“އޮސްޓްރޭލިއާއިން ދިން ޑޯޒްތަކުގެ ސަބަބުން، ސިންގަޕޫރުގެ އާބާދީގެ ޝަރުތު ހަމަވާ ގިންތިތަކަށް ކޮވިޑް-19 ބޫސްޓާ ވެކްސިން ދިނުމަށް ސިންގަޕޫރުން މިހާރު ކުރިއަށް ގެންދާ ޕްރޮގްރާމަށް އެއްބާރުލުން ލިބިގެންދާނެ،” ސިންގަޕޫރުގެ ހާރިޖީ ވުޒާރާ (އެމްއެފްއޭ) އިން ނެރުނު ނޫސް ބަޔާނެއްގައި ބުންޏެވެ.
ޚާރިޖީ ވުޒާރާގެ ބަޔާނުގައި ، މި ޑޯޒް ޝެއަރިންގ އެރޭންޖްމަންޓަކީ، ސިންގަޕޫރާއި އޮސްޓްރޭލިއާއާ ދެޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން، ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ޕާޓްނަރޝިޕްގެ މައްޗަށް ބިނާވެފައިވާ ކަމުގެ ދަލީލެއް ކަމުގައި ވިދާޅުވެފައިވެއެވެ.
އެމްއެފްއޭ އިން ބުނީ މި އިންތިޒާމް ތަންފީޒު ކުރުމަށް ދެ ގައުމުގެ ހެލްތު އެންޑް ފޮރިން އެފެއާޒް އޮފިޝަލުން “ގާތުން” މަސައްކަތް ކުރި ކަމަށެވެ.
“މުޅި ޕެންޑެމިކް ތެރޭގައި ވެސް ދެ ގައުމުން ވެސް ވަނީ ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރުމަށް ބެސްޓް ޕްރެކްޓިސް ތައް ހިއްސާކޮށް، މާކެޓްތައް ހުޅުވާފައި ބެހެއްޓުމަށާއި ސަޕްލައި ޗެއިން ކަނެކްޓިވިޓީ ކަށަވަރު ކުރުމަށް އެއްބާރުލުން ދީ، ދެ ފަރާތް ގުޅިގެން ކަރަންޓީން ފްރީ ދަތުރުތައް އަލުން ފެށުމަށް މަސައްކަތް ކޮށްފައި،” އެމްއެފްއޭ އިން އިތުރަށް ބުންޏެވެ.
އޮގަސްޓް މަހުގެ 31 ވަނަ ދުވަހު މި އެއްބަސްވުން އިޢުލާނުކުރިއިރު، ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ސިއެން ލޫންގް ވިދާޅުވީ، ހަމަ އެ އަދަދަށް ވެކްސިން ޑިސެމްބަރު މަހު އަނބުރާ ރައްދުކުރެވޭނެކަމަށެވެ.
މެލްބަންގެ އަވަށެއް ކަމަށްވާ ވިކްޓޯރިއާގައި އިތުރު މީހުން އިންކިއުބޭޓް ވާން ފެށުމާއެކު އެ ސްޓޭޓުގައި ވަނީ މަޑުމަޑުން ކަރބްސްއަށް ލުއިތަކެއް ދޭން ނިންމާފައެވެ. އަދި މި ހަފުތާ ބަންދުގައި ޝަރުތު ހަމަވާ އާބާދީއަށް ވެކްސިން ދިނުމުގެ ފުރިހަމަ ލެވެލް 90 ޕަސެންޓަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ސިޑްނީ ހިމެނޭ ނިއު ސައުތު ވޭލްސްއިން ބުރާސްފަތި ދުވަހު 262 ކޭސް އަދި ވިކްޓޯރިއާ 1007 މީހުންނަށް އަލަށް ބަލިޖެހިފައިވާއިރު، އޮސްޓްރޭލިއާގެ ކެޕިޓަލް ޓެރިޓަރީން 25 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. އަދި 15 މީހަކު ވަނީ މަރުވެފަ އެވެ.
