ހެއިޓީގެ ރައީސްގެ މަރާ ގުޅިގެން ތުރުކީން ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އަންކާރާ – ހެއިޓީގެ ރައީސް ޖޮވެނެލް މޮއެސޭ މިދިޔަ ޖުލައި މަހު އަވަހާރަކޮށްލި ހާދިސާއާ ގުޅިގެން “ބޮޑު މަސްލަހަތެއް” އޮތް ކަމަށް ތުހުމަތު ކުރެވޭ މީހަކު ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ހައްޔަރުކޮށްފި ކަމަށް ހެއިޓީގެ ފޮރިން މިނިސްޓަރު ކްލައުޑް ޖޯސެފް ވިދާޅުވެއްޖެ އެވެ.
2017 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އުމުރުން 53 އަހަރުގެ ކުރީގެ ވިޔަފާރިވެރިޔާ މޮއެސޭގެ އަމިއްލަ ގެކޮޅުގައި ބަޑިޖަހައި މަރާލާފައިވާއިރު، މި ހަމަލާގައި އޭނާގެ އަންހެނުން ވަނީ ޒަޚަމްވެފައެވެ.
މި މައްސަލައާ ގުޅިގެން އެއްވެސް މީހެއްގެ މައްޗަށް ދައުވާ އުފުލާފައި ނުވި ނަމަވެސް، ކޮލަމްބިއާގެ ކުލީ ސިފައިންގެ ބައެއްގެ މައްޗަށް ވަނީ ތުހުމަތު ކުރެވިފައެވެ.
“ރައީސް އަވަހާރަކޮށްލި ހާދިސާގެ ތަހުގީގަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާ އެއް ބޭފުޅެއް ކަމަށްވާ ސާމިރު ހަންޑަލް ވިދާޅުވީ ތުރުކީއިން މިހާކު ހައްޔާކުރި ކަމަށްޓަކައި ޝުކުރު އަދާ ކުރައްވާ ކަމުގައެވެ.
ހެއިޓީގެ ފުލުހުން އޮގަސްޓް މަހު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ޖުލައި މަހު ހައްޔަރުކުރި ބަޣުދާދީގެ މޭސްތިރިއެއް ކަމަށް ތުހުމަތު ކުރެވޭ އެމަނުއެލް ސަނޮންގެ ބައިވެރިވުން ހިމެނޭ ގޮތަށް އޭނާގެ ޕޯޓް-އައު-ޕްރިންސް ގޭގައި ހަންޑަލް “ސިޔާސީ ބަޔަކާއެކު ބައްދަލުވުންތައް” ބާއްވާފައިވާ ކަމަށެވެ.
ސަނަން ދިރިއުޅުއްވާ ގެ ބަލާ ފާސްކުރި އިންވެސްޓިގޭޓަރުންނަށް ހެއިޓީގެ ހަތް ޕާސްޕޯޓަކާއި ފަލަސްތީނުގެ ތިން ޕާސްޕޯޓެއް ހޭންޑަލްގެ ނަން އޮތް ތަން ފެނުނު ކަމަށް ރިޕޯޓުގައި ވެ އެވެ.
ހެއިޓީ-އެމެރިކާ ދަރިކޮޅުގެ ޑޮކްޓަރެއް ކަމަށްވާ ސަނޮން ފުލުހުންނަށް މައުލޫމާތު ދެމުން ބުނީ ހަންޑަލް ހެއިޓީގައި ހުންނަވަނިކޮށް އޭނާ ހިމާޔަތް ކުރުމަށް ކޮލަމްބިއާގެ ހަތަރު ސެކިއުރިޓީ ގާޑުން ފޮނުވާފައިވާ ކަމަށެވެ.

