ޚަބަރު މާލޭގެ ގެއަކުން މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވަނީ

މާލޭގެ ގެއަކުން މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މައްޗަންގޮޅީ އާފަލުގޭގެ ތިންވަނަ ފަންގިލައިގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި އެމީހާ މަރުވެފައި އޮތް ގޭގެ ތެެރެއިން ކުނިވަސް ދުވާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން މިއަދު 15:42 ހާއިރު ފުލުހުން ގޮސް ބެލިއިރު މަރުވެފައި އޮތް ފިރިހެނަކު ފެނިފައިވާ ކަމަށެވެ.

ނިޔާވެފައިވާ މީހަކީ މުހައްމަދު މުޖްތަބާ ނަމަކަށް ކިޔާ މީހެއް ކަމަށް މަޢުލޫމާތުލިބިފައިވެއެވެ. މިމީހާގެ ޚަބަރެއް އާއިލާއަށް ނުވާތާ 4 ވަރަކަށް ދުވަސް ވެފައިވާ ކަމަށާއި، ހަށިގަނޑު ފެނުނުއިރުވެސް އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

މިމީހާގެ ހަށިގަނޑު ފެނުނީ ތިންބުރީގެ މިއިމާރާތުގެ ފުރަތަމަ ފަންގިފިލާއިންނެވެ.

މަރުވެފައިވާ މީހާގެ ހަށިގަޑު ފަޅު ގޭތެރެއިން ފުނުމާއެކު ފުލުހުން މިހާރުދަނީ އެސަރައްހަދުގައި ހަރަކާތްތެރި ވަމުންނެވެ.

ޓެގް

މަރު ޕޮލިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.