ޚަބަރު

އުއްތަރް ޕްރަދޭޝް ފުލުހުންގެ ބަންދުގައި ހުރި މުސްލިމް ފިރިހެނަކު މަރުވުމުން މައްސަލަ ހޫނުވެއްޖެ

އިންޑިއާގެ އުއްތަރް ޕްރަދޭޝް ފުލުހުންގެ މަރުކަޒެއްގައި ބަންދުކޮށްފައި ހުރި މުސްލިމް ޒުވާނަކު މަރުވުމާއި ގުޅިގެން އޭނާ މަރާލީކަމަށް ޢާއިލާއިން ތުހުމަތު ކުރާ މައްސަލައެއް އިންޑިއާގައި ފެންމަތިވެއްޖެއެވެ.

އުމުރުން 22 އަހަރުގެ މުހަންމަދު އަލްތާފް ނަމަކަށް ކިޔާ މި މީހާއަކީ އުތުރުގެ ސްޓޭޓެއް ކަމަށްވާ އުއްތަރް ޕްރަދޭޝް (ޔޫޕީ) ގެ ކަސްގަންޖް ސިޓީގައި ދިރިއުޅޭ މީހެކެވެ.

އޭނާ މަރުވީ މިދިޔަ އަންގާރަ ދުވަހު ހިންދޫ ކުޑަ އަންހެން ކުއްޖަކު ވަގަށް ނެގި ކަމަށް ބުނާ މައްސަލާގައި ސުވާލު ކުރުމަށް ޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނިކޮށް ސިޓީ ޕޮލިސް ސްޓޭޝަނެއްގަ އެވެ.

ފުލުހުން ފުރަތަމަ ނެރުނު ބަޔާނުގައި ބުނެފައި ވަނީ އަލްތާފް މަރުވީ ވޮޝްރޫމްގައި އަމިއްލައަށް މަރުވެގެން ކަމަށާއި އޭނާ މަރުވީ ސުވާލު ކުރުމުގެ ތެރޭގައި ބްރޭކެއް ދިނުމަށް އެދުމުން ޓޭޕް ދަމާފައި ހުރި ސްޓްރިންގް އެއް ބޭނުންކޮށްގެން ކަމަށެވެ. ޕޯސްޓް މޯޓަމް ރިޕޯޓުގައި ވެސް އޭނާ މަރުވާން މެދުވެރިވި ސަބަބެއް ކަމަށް ފާހަގަކޮށްފައިވަނީ އަމިއްލައަށް ދަންޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.

“ތަހުގީގު މަރުހަލާގައި އޭނާ [އަލްތާފް] ފުލުހުންނާ ސުވާލުކުރީ ވޮޝްރޫމެއް ބޭނުން ކޮށްގެން. އޭނާ ގެންދިޔައީ ލޮކްއަޕް ވޮޝްރޫމަށް، އޭނާގެ ޖެކެޓް ހޫޑްގެ ޑްރޯސްޓްރިންގް ބޭނުންކޮށްގެން ޓޭޕް ދަމާފައި އަމިއްލައަށް ދަންޖެހިގެން މަރުވީ ،” ކަސްގަންޖްގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރޯހަން ޕްރަމޯދް ބޮޓްރީ ބުނެފައިވެ އެވެ.

https://twitter.com/KhaledBeydoun/status/1458506546892115970?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1458506546892115970%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fd-482428943213515150.ampproject.net%2F2110290545003%2Fframe.html

ނަމަވެސް ފަހުން ފުލުހުންގެ ސްޓޭޝަނުން ފެންނަން ހުރި ފޮޓޯތަކާއި ވީޑިއޯތަކުން ޕައިޕް އާއި ތަޅުންގަނޑުގެ ދުރުމިން ވަރަށް ބޮޑަށް ކުޑަކަމަށް ފެންނައިރު، ޓައިމްސް އޮފް އިންޑިއާގެ ރިޕޯޓެއްގައި ބުނެފައި ވަނީ އެއީ ތިން ފޫޓަށް ވުރެ ކުޑަ ދުރުމިނެއް ކަމަށާއި، ފުލުހުންގެ ތުހުމަތުތަކާ މެދު ސުވާލު އުފެދޭ ކަމަށެވެ.

އިންޑިއާގައި ދިރިއުޅޭ ގިނަ އަދަދެއްގެ މުސްލިމުން މިމައްސަލައިގައި ގެންދަނީ ނުރުހުން ފާޅުކޮށް އިންސާފު ހޯދައިދިނުމަށް ގޮވާލަމުންނެވެ.

އަލްތާފްގެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި އޭނާގެ ހަށިގަނޑުގެ ބޭރުފުށުން ޒަހަމްތަކެއް ފެންނަން ހުއްޓެވެ. އުމުރުން 22 އަހަރުގެ މި މަސައްކަތްތެރިޔާގެ މަންމަ ޑިޖިޓަލް ނިއުސް ވެބްސައިޓެއް ކަމަށްވާ “ނިއުސްކްލިކް” އަށް ދިން އިންޓަވިއުއެއްގައި ބުނީ “އަޅުގަނޑުގެ ދަރިފުޅުގެ ބޮލަށް ފުން އަނިޔާއެއް ވެ، ފައި ދުޅަވެފައިވާ ކަމަށެވެ. ބޭނުންވަނީ އިންސާފު!” މަންމަ ބުންޏެވެ.

“އޭނާގެ ބޮލަށާއި ދެ ފައިގައި އަނިޔާގެ ނިޝާންތައް ފެންނަން ހުރި. އޭނާގެ ބޮލުގައި ހޮޅިއެއް އެޅުވުމާ މެދު ފުލުހުންނާ ސުވާލުކުރީމެވެ. އޭނާގެ މޫނާއި ދެފައިގައި ވެސް ވަނީ ދުޅަވެފައެވެ. މީޑިއާއާ ވާހަކަ ނުދެއްކުމަށް އޭނާގެ މައިންބަފައިންނަށް ފުލުހުން ޕްރެޝަރު ކުރަމުން ދަނީ،” އަލްތާފްގެ ދައްތަ މުބީނާއާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާ ނޫހުން ބުނެފައި ވަނީ އޭނާ “ވަރަށް އަނިޔާވެރިކޮށް ގެންގުޅެފައިވާ” ކަމަށެވެ.

މިމައްސަލައާއި ގުޅިގެން #UP_police_murdered_Altaf #WeDemandJusticeForAltaf މިފަދަ ހޭޝްޓެގްތައް ބޭނުންކޮށްގެން، ހިންދޫ ނޭޝަނަލިސްޓް ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ސްޓޭޓް ސަރުކާރުގެ ކިބައިން ފިޔަވަޅު އެޅުމަށް ސޯޝަލް މީޑިއާ ބޭނުންކުރާ އެތައް ބަޔަކު ދަނީ ޑިމާންޑް ކުރަމުންނެވެ. އެކްޓިވިސްޓުންނާއި އިދިކޮޅު ޕާޓީތަކުން ވެސް ވަނީ ތަހުގީގެއް ހިންގުމަށް ޑިމާންޑްކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close