އައްޑޫގައި ކޮވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ
އައްޑޫން އިއްޔެ ކޮވިޑްގައި މީހަކު ނިޔާވެއްޖެއެވެ.
އައްޑޫން އިއްޔެ ކޮވިޑްގައި ނިޔާވީ 83 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވީ މެންދުރު 1:33 ގަައެވެ.
އެ މީހާއަކީ ކަރަންޓީންގައި ހުރި މީހެއް ކަމަށާއި، އޭނާ ނިޔާވެފައި ވަނީ އައްޑޫ ސިޓީ މެޑިކަލް ފެސިލިޓީއަށް ގެނެސްފައި ހުއްޓާ ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައި ވެއެވެ.
މިއީ އައްޑޫން ކޮވިޑްގައި ނިޔާވި 11 ވަނަ މީހާއެވެ.
އަދި ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 247 އަށް އަރާފައެވެ.
ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 89255 އަށް އަރާފައެވެ. މިހާތަނަށް 86899 މީހުން ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ.


