ކޮވިޑް ޖެހިގެން އިތުރު މީހަކު އައްޑޫ ސިޓީން ނިޔާވެއްޖެ
ކޮވިޑް ޖެހިގެން އިތުރު މީހަކު އައްޑޫ ސިޓީން ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ޢުމުރުން 87 އަހަރުގެ އަންހެނެކެވެ.
މިއީ ރާއްޖެއިން ކޮވިޑްގައި ނިޔާވި 245 ވަނަ މީހާއެވެ. އައްޑޫ ސިޓީގައި ކޮވިޑްގެ ޙާލަތު ވަރަށްބޮޑަށް ގޯސްވެފައި ވާކަންވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން މިހާރުވެސް އެރަށުގެ ތެރޭގައި ލޮލުގެ ރޯގާ އާއި ވައިރަލް ހުން ފެތުރެމުންދާތީވެ އެރަށުގެ ހޮސްޕިޓަލުންވަނީ އެކަންކަމަށް ސަމާލުވުމަށް އަންގާ ބަޔާނެއްވެސް ނެރިފައެވެ.
އެގޮތުން ޑެންގޫ ހުމުގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް ޑޮކުޓަރަށް ދައްކާ ފަރުވާ ހޯދުމަށް ނަސޭހަތްތެރިވެފައި ވެއެވެ. އަދި ޑެންގޫއިން ރައްކާތެރިވުމަށްޓަކައި ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ހެދުން އެޅުމަށާއި، ގެ އާއި ގޯތި ތެރޭގައި މަދިރިން ރައްކާތެރިވުމަށް ބޭނުން ކުރާޒާތުގެ ލޯޝަން ބޭނުން ކުރުން މަދިރިއާލާވާފަދަ ތަންތަން ނައްތާލުމަށް ހޮސްޕިޓަލުން އެދިފައި ވެއެވެ.
މީގެ އިތުރުން، އެ ސިިޓީގައި ލޮލުރޯގާއަށް ފައްސިވާ އަދަދުތައް އިތުރުވެފައިވާއިރު އަލާމާތެއްފެނިއްޖެނަމަ ވީހާވެސް އަވަހަކަށް ޑޮކުޓަރަށް ދައްކާ ފަރުވާ ހޯދުމަށް ނަސޭހަތްތެރިވެފައި ވެއެެވެ. އަދި ބޭރަށް ނުކުމެ އުޅުމާއި ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން ވީހާވެސް މަދުކުރުމާއި، ބޭރުން ގެއަށް އައިސް ރަނގަޅަށް އަތްދޮވުމަށް އެދިފައި ވެއެވެ.


