ޚަބަރު

ޕެރިސް ކްލައިމެޓް އެގްރީމެންޓުން އެމެރިކާ ވަކިވީތީ ބައިޑަން މައާފަށް އެދިވަޑައިގެންފި

ގްލާސްގޯ، ސްކޮޓްލެންޑް – ޕެރިސް ކްލައިމެޓް އެގްރީމެންޓުން އެމެރިކާ ވަކިވުމަށް ރައީސް ޓްރަމްޕް ކުރިން ނިންމެވި ނިންމެވުމާ ގުޅިގެން އދ.ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސްގައި ހޯމަ ދުވަހު ދެއްވި ތަގުރީރެއްގައި ރައީސް ބައިޑަން ވަނީ ދުނިޔޭގެ ކިބައިން މައާފަށް އެދިވަޑައިގެންފަ އެވެ.

“އަހަންނަން ހީވަނީ އަހަރެން ނުޖެހޭނެހެން މަޢާފަށް އެދޭކަށް، އެކަމަކު މިކަމުގައި އަހަރެން މައާފަށް އެދެން، އެމެރިކާގެ ނިމިދިޔަ ސަރުކާރުން ޕެރިސް އެގްރީމެންޓުން ވަކިވެ، ފަތަށް ޖެހެނުވީތީ،” ބައިޑަން ވިދާޅުވި އެވެ.

ބައިޑަންގެ ވާހަކަފުޅުގައި، ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިޔުމުގެ ސަބަބުން ލިބޭ ގެއްލުންތައް ދެނެގަނެވޭނީ، “ޑިސިޝަނަރީ ޑިކޭޑް” އެއްގެ ތެރެއިން ކަން ފާހަގަކުރެއްވިއެވެ.

ދުނިޔެ ހޫނުވުން ލިމިޓް ކުރުމަކީ އޭނާގެ ސަރުކާރުގެ މަރުކަޒީ ފޯކަސްއަކަށް ހެއްދެވި ބައިޑަން ވިދާޅުވީ “މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުވެސް ދުނިޔެ ހަލާކުވަމުންދާ ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެމެރިކާއަށް ލިބެމުންދާ ގެއްލުންތަކަށް ބަލާއިރު، މި އަހަރު އެކަނިވެސް އެމެރިކާއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ބައިޑެން ވިދާޅުވީ ފާއިތުވެދިޔަ މަސްތަކުގައި އެމެރިކާއިން މިހުރިހާ ކަމެއް ތަޖުރިބާކޮށްފައިވާ ކަމަށާއި، ދުނިޔޭގެ ކޮންމެ ސަރަހައްދަކަށްވެސް މިފަދަ ވާހަކަތަކެއް ކިޔައިދެވިދާނެ ކަމަށެވެ.

ރައީސް ބައިޑެންގެ ތަގުރީރުގެ އަމާޒަކަށްވީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ލީޑަރެއްގެ ގޮތުގައި އެމެރިކާ އަލުން އަނބުރާ އިއާދަކުރުމެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ސަރުކާރުން ގެންގުޅުއްވި ހަނުހުރުމުގެ ސިޔާސަތުގެ ސަބަބުން، ފޮސިލް ފިއުލް އިޤްތިޞާދަކުން ދުރުވުމަކީ، އެމެރިކާއަށާއި މުޅި ދުނިޔެއަށް ޓަކައިވެސް ކުރަންޖެހުނު ކަމެއްކަމުގައި ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close