ޚަބަރު

އަލީ ވަހީދު މައްސަލައިގެ އަޑުއެހުމެއް އަންމަ މަހު 8 އަށް ތާވަލު ކޮށްފި


ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދަށް ކޮށްފައިވާ ޖިންސީ ފުރައްސައިގެ ޝަރީއަތް އޮންލައިންކޮށް ގެންދިއުމާއި ގުޅޭގޮތުން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް އަންނަ މަހު ބޭއްވުމަށް ތާވަލް ކޮށްފިއެވެ.

ސްޕްރީމް ކޯޓުން މިމައްސައިގެ އަޑު އެހުމެއް ތާވަލް ކޮށްފައިވަނީ އަންނަ މަހުގެ 8 ވަނަ ދުވަހަށެވެ. އެ މައްސަލައިގެ ޝަރީއަތަށް ކުރިން ސުޕްރީމް ކޯޓަށް ހާޒިރު ނުވުމުން އަލީ ވަހީދު ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ވެސް އެ ކޯޓުން ކުރިން އޮތީ ހުކުމްކޮށްފައެވެ. އެކަމަކު އޭނާ ރާއްޖޭގައި ނެތުމުން އެ ހުކުމް މިހާތަނަށް ތަންފީޒެއް ނުކުރެވެއެވެ.

ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް އަލީ ވަހީދު މިދިޔަ ފެބްރުއަރީ މަހު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަތް ފަހުން އެނބުރި ވަޑައެއް ނުގަންނަވައެވެ. އެހެންވެ، އޭނާ އިނގިރޭސިވިލާތުގައި ހުންނަވައިގެން ޝަރީއަތުގައި ބައިވެރިވުމުގެ ފުރުސަތު ކްރިމިނަލް ކޯޓުން އޭނާއަށް ދޭން ނިންމުމުން ދައުލަތުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އަދި އެ މައްސަލަ ނިމެންދެން، އޭނާގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ނުގެންދަން އެ ކޯޓުން އޮތީ އަމުރެއް ނެރެފައެވެ.

ގުޅުންހުރި ލިޔުންތައް

އަލީވަހީދު އިނގިރޭސި ވިލާތުގައި ހުންނެވިއިރު އޭނާ ޕާސްޕޯޓްގެ މުއްދަތު ހަމަވެގެން ޖަލަށްވެސް ލާފައެވެ. އަދި މިފަހުން އޭނާ ދަނީ ސަރުކާރަށާއި، ރައީސް ޞާލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި ސަރުކާރުގެ ތެރޭގައި ހުރި ރައްޔިތުންނަށް ތިލަ ނުވާ ބައެއް މައުލޫމާތުތައްވެސް އަލީ ވަހީދު ގެންދަނީ އާންމު ކުރައްވަމުންނެވެ.

އެއް ކޮމެންޓް

  1. ދެރަވަރު ކަންކަން. ދަޢުވާއެއްް ކޮށްފަ އޮތިއްޔާ ދެން އަވަހަށް އެކަމާއި ބެހޭ އަޑުއެހުންތައް ބާއްވަދީ އެކަން ނިންމަދޭންވީ ނުންތަ. ދަޢުވާ ރައްދުވާ ފަރާތުން ދެން ހުންނަންވީ ވާނުވާއެއް ނޭންގި ހަ އަހަރު ނުވަ އަހަރު ވަންދެން އެކަމުގެ ތެރޭގައި. މިއޮތީ ވާ ޤައުމެއް.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close