ކެނދިކުޅުދުއަށް ޖެއްސި ފްލެމިންގޯ މަރުވެއްޖެ
މިފަހަކަށް އައިސް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް ޒިޔާރަތް ކުރަމުންދާ ފްލެމިންގޯ ތަކުގެ ތެރެއިން ނ.އަތޮޅު ކެނދިކުޅުދުއަށް ޖެއްސި ދޫނި ތަކުތެ ތެރެއިން ދޫންޏެއް މިއަދު މަރުވެއްޖެެވެ.
އޭތި މަރުވީ އެދޫނީގެ އަސްލު ކާނާ ނުލިބި ބަނޑަށް ޖެހި ހާލުދެރަވެގެން ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ނާރެސްއަށް މައުލޫމާތު ދެމުން ބުންޏެވެ.
ކެނދިކުޅުދޫން ވާހަކަ ދެއްކި މީހާ މައުލޫމާތު ދެމުންބުނީ އެ ދޫންޏަކީ، މިއަދު ހެނދު އެރަށަށް އައި ދޫންޏެއްކަމަށެވެ. އެއީ ދޫނި ބައިގަނޑަކާއެކީ އައިދޫންޏެއްނޫން. އެދޫނި އައީ އެކަނިމައި އެކަނި. އޭތި ފުރަތަމަ ފެނުން އިރުވެސް ވަރަށް ހާލު ދަށް ކަމަށްފެނުނީ. ދެން ފަހުން ފެނުނީ އޭތި ގޮނޑުދޮށަށް ލައްގާފައި އޮއްވާ. އޭރުވެސް އޭތި މަރެއްނުވޭ. ދެން އޭތި ނަގައިގެން ގެގޮސް ދެއްކީ ރަށު ޑޮކްޓަރަށް . ޑޮކްޓަރުގެ ލަފާގެ މަތިން އެދޫންޏަށް ކާންދެވޭތޯ ބެލީ. ކެދިކުޅުދޫން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.
.ކެނދިކުޅުދުއަށް މިއަދު ޒިޔާރަތްކުރި އެ ދޫނި މަރުވެފައިވާއިރު އެދޫނި އެރަށަށް އައުމާއި، ގުޅިގެން އީޕީއޭއަށް ކައުންސިލްގެ ފަރާތުން ގުޅިކަމަށް ވެއެވެ. ކައުންސިލުގެ ފަރާތުން އީޕީއޭއަށް ގުޅީ ދޫނީގެ ހާލުދެރަވެފައިވާތީ އެއަށް ކާންދިނުމުގެ ހުއްދަ ހޯދުމަށެވެ. ނަމަވެސް އީޕީއޭއިން ކައުންސިލަށް އެންގީ ދޫނި ނުހިފުމަށާއި، ދުރުގައިތިބެގެން ކާންދިނުމަށެވެ.
ދޫނީގެ ހާލުދެރަކަމުން ދުރުގައި ތިބެގެން ކާންނުދެވިގެން އޭތީގެ އަނގޔަށް ލަވައިގެން ކާންދެނިކޮށް ދޫނި މަރުވީކަމަށް ކެނދިކުޅުދޫން މައުލޫމާތު ދިން މީހާ ބުންޏެވެ.،
އޮންލައިން ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިކަމާއި ގުޅިގެން އީޕީއޭއިން ބުނީ، ކެނދިކުޅުދޫގައި ފެލެމިންގޯ މަރުވި ހަބަރަކީ ހިތާމަވެރި ހަބަރެއް ކަމަށާއި، އޭގެ ހާލު ދެނެގަނެ، ރަށުގައި ދެވެން ހުރި ފަރުވާއެއް ދިނުމަށް ރަށަށް އެންގި ކަމަށެވެ. އަދި އީޕީއޭގެ ޓީމެއް މާދަމާ ދޫނި ބަލާ ދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.


މިކަމުގެ ހިތާމައިގާ ދިވެހި ސަރުކާރުގެ ދިދަ ތިންދުވަސް ވަންދެން ނުޖެހުމަށް ފެނޭ
މިކަމުގެ ހިތާމައިގާ މުޅިރާއްޖޭގެ ދެފުރާޅުޖެއްސި އެއްވެސް ހިޔާވައްސެއްގައި 1 އަހަރުދުވަހުގެ މުއްދަތައް އެއްވެސް އެއްޗެއް ނުކެއްކުން ރަނގަޅުވާނެކަމަށްފެނޭ. ސަބަބަކީ އެސޮރުމެން ކައިބޮއިހަދަނީ ޝިކާރަކޮށްގެންކަމަށްވާތީ. އަދި ދިވެހިދިދަ 1 އަަހަރުވަންދެން ބައިދަނޑިއަށް ނަގާފަބެހެއްޓުން ރަނގަޅުވާނެ.