ޚަބަރު ނޯތްޕްރޮވިންސްގެ ޕޮލިސް ކޮމާންޑަރ ކުއްލިގޮތަކަށް ނިޔާވެއްޖެ

ނޯތްޕްރޮވިންސްގެ ޕޮލިސް ކޮމާންޑަރ ކުއްލިގޮތަކަށް ނިޔާވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނޯތްޕްރޮވިންސްގެ އެންމެ އިސް ޕޮލިސް ކޮމާންޑަރ ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.

ނ،ރ،ބ،ޅ އަތޮޅު ހިމެނޭ ޑިވިޝަނަށް ކަނޑައަޅާފައި ހުންނަވާ ކޮމާންޑަރު ޗީފް އޮފް ޕޮލިސް އިސްމާޢީލް ނަދީމް ކުއްލި ގޮތަކަށް ނިޔާވީ ފުޓްބޯޅަ ކުޅެން ހުއްޓާ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

އޭދަފުށީ ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނަދީމަށް ހާޓް އެޓޭކެއް ޖެހުނީ، އޮފީސްތަކަށް ހުޅުވައިލައިގެން އޭދަފުށީގައި މިހާރު ކުރިއަށް ގެންދާ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅެން ހުންނަވަނިކޮށެވެ. ނަދީމް ނިޔާވީ އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މިރޭގެ ވަގުތެއްގައެވެ.

ނަދީމް ނިޔާވުމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވަނީ، ފުލުހުންގެ ހުރިހާ މަރުކަޒެއްގައި ފުލުހުންގެ ޚިދުމަތުގެ ދިދަ ބައިދަނޑިއަށް ތިރިކުރަން އަންގަވާފައެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ދަނީ ކުއްލިމަރުތައްވެސް އިތުވަމުންނެވެ. އަދި ނުރައްކާތެރި ހާދިސާތަކުގައި ނިޔާވާ މީހުންވެސް މަދެއްނޫނެވެ.

ޓެގް

މަރު ޕޮލިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.