ޚަބަރު ކަނޑައެޅިގެން ބޮޑު އޮޅުވާލުމެއް, ވާނުވާ ނޭންގޭ ސަރުކާރެއް – ޑރ. ޖަމީލު

ކަނޑައެޅިގެން ބޮޑު އޮޅުވާލުމެއް, ވާނުވާ ނޭންގޭ ސަރުކާރެއް – ޑރ. ޖަމީލު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދުސްތޫރީ ހަމަތައް ކަފުންކޮށް ޗާޓުން ބޭރުން ސަރުކާރުން ކުޅެން ފަށައިފި ކަމަށާއި މީ ވާނުވާއެއް ނޭނގޭ ސަރުކާރއް ކަމުގަ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހޯމް މިނިސްޓްްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރުމުން އެކަމާ ހިތްހަމަނުޖެހި ކުރެއްވި ޓްވީޓެއްގަ އެވެ.

ޑރ. ޖަމީލުގެ ޓްވީޓުގައި ވިދާޅުވެފައިވަނީ ކަނޑައެޅިގެން ބޮޑު އޮޅުވާލުމެއް ކަމަށާއި ދުސްތޫރީ ހަމަތައް ކަފުންކޮށް ޗާޓުން ބޭރުން ސަރުކާރުން ކުޅެން ފެށީ ކަމަށެވެ.

” ޖަވާބުދާރީވާން ދެން ވަޑައިގަންނަވާނީ ރައީސްތޯ؟ ޤާނޫނުގައި އޮތް ވަޒީރުންގެ މަޞްއޫލިއްޔަތު ދެން އަދާކުރައްވާނީ ރައީސް އޮފީހުގެ ވަޒީރުންތޯ؟ ވާނުވާ ނޭނގޭ ސަރުކާރެއް.” ޑރ. ޖަމީލުގެ ޓްވީޓުގައި ވެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެ ޓްވީޓު ކުރައްވާފައިމިވަނީ ހޯމް މިނިސްޓްްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރުމާއިގުޅިގެން ނެވެ.

ޑރ.ޖަމީލް މިމޭރުމުން ވާހަކަފުޅު ދައްކަވާފައި ވާއިރު

ހޯމް މިނިސްޓްރީގެ ދަށުން އެ މުއައްސަސާ ވަކިކޮށްފައިވަނީ ފުލުހުންގެ ޚިދުމަތުގެ އައު ގާނޫނަށް އަމަލު ކުރަން ފެށުމުން ނެވެ.

ފުލުހުންގެ ޚިދުމަތް ހޯމް މިނިސްޓްރީގެ ދަށުން ވަކި ކޮށްފައިވާކަން އަންގައި، ރައީސް އޮފީހުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲއަށް ސިޓީއެއް ފޮނުއްވާފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެވެ.

އެ ސިޓީގައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ ދަށުން އުފައްދައިފައިވާ “ދިވެހި ފުލުހުންގެ ޚިދުމަތް” އަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިނގަމުންދާނެ އިދާރާއެއް ކަމަށް ކަނޑައަޅައިފައި ނުވާތީ، ހޯމް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ފުލުހުންގެ އިދާރާ ހިނގަމުން ދާ ގޮތަށް އޮތް އޮތުން ބަދަލުކޮށްފައިވާ ކަމަށެވެ.

ޓެގް

ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ހޯމް މިނިސްޓްރީ ޕޮލިސް ރައީސްއިބްރާހިމްމުޙައްމަދުޞޯލިޙު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.