ކުޅިވަރު ސާފް ޗެމްޕިއަންޝިޕް ފައިނަލްގެ ފުރަތަމަ ޖާގަ ނޭޕާލް އިން ކަށަވަރު ކޮށްފި

ސާފް ޗެމްޕިއަންޝިޕް ފައިނަލްގެ ފުރަތަމަ ޖާގަ ނޭޕާލް އިން ކަށަވަރު ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ނޭޕާލް އާއި، ބަނގްލާދޭޝް ބައްދަލުކުރި މެޗް އެއްވަރުވުމުން ފައިނަލްގެ ފުރަތަމަ ޖާގަ ނޭޕާލް އަށް ކަށަވަރު ވެއްޖެއެވެ.

މިއީ މި މުބާރާތުގައި ނޭޕާލް ފައިނަލަށް ދަތުރު ކުރި ފުރަތަމަ ފަހަރަށް ވާއިރު ނޭޕާލް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ އެ ޓީމު ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗުން އެއްވަރުކޮށް ޖުމްލަ ހަތް ޕޮއިންޓާއެކު އެވެ.

މެޗުގެ 09 ވަނަ މިނެޓުގައި ބަންގްލަދޭޝް އަށް ލީޑު ނަގައިދިނީ، ޖަމާލް ނަގައިދިން ހުރަހަކުން އެމްޑީ ސުމަން ރެޒާ އެވެ. ނޭޕާލުން ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް، ބަންގުލަދޭޝް އިން ގޯލު ކާމިޔާބުކުރީ އެޓީމަށް ލިބުނު ފުރަތަމަ ފުރުސަތުންނެވެ.

މެޗުގެ 16 ވަނަ މިނިޓުގައި ނޭޕާލްގެ ގައުތަމް ޝްރެސްތާ އޭރިޔާ ތެރެއަށް ވަދެ، ހުރަސްކޮށްލި ބޯޅަ އަށް އެ ޓީމުގެ ރޯހިތު ޗާންދު އެރި ނަމަވެސް، އޭނާ ފޮނުވާލި ބޯޅާ ދިޔައީ ބޭރަށެވެ. މީގެ އިތުރުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ނަވަޔުގް ޝްރެސްތާ ބޮލުން ފޮނުވާލި ހަމަލާ، ބަންގުލަދޭޝްގެ ގޯލްކީޕަރު އަނީސުރް ރަހުމާން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

ބަންގްލަދޭޝް އަށް މާޔޫސްކަން ލިބުނީ މެޗުގެ 79 ވަނަ މިނެޓުގައި މޮޅަށް ކުޅެމުންދިޔަ ބަންގުލަދޭޝް ގޯލްކީޕަރު އަނީސުރް ރަހުމާނަށް ދެއްކި ރަތް ކާޑާއެކު ބަންގުލަދޭޝްގެ ކުޅުންތެރިޔަކު މަދުވުމުންނެވެ.

މެޗު ނިމެން ހަތަރު މިނެޓަށްވެފައި ވަނިކޮށް އޭރިއާ ތެރެއިން ބަންގްލަދޭޝްގެ ބިޝްވާންތް ނޭޕާލުގެ އަންޖަން ބިސްތާއަށް ކުރި ފައުލަކާއި ގުޅިގެން ނޭޕާލަށް ޕެނަލްޓީއެއް ލިބުނެވެ. އަންޖަން ބިސްތާ ވަނީ މި ލަނޑު ކާމިޔާބުކޮށް ނޭޕާލް މުބާރާތުގެ ފައިނަލް ޔަގީންކޮށްފައެވެ.

ޓެގް

ސާފުޗެމްޕިއަންޝިޕް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.