ކުޅިވަރު ޔުނައިޓެޑް މޮޅުވިޔަ ނުދީ ހިފަހައްޓައިފި

ޔުނައިޓެޑް މޮޅުވިޔަ ނުދީ ހިފަހައްޓައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިނގިރޭސި ޕްރިމިއަރ ލީގުގައި މިއަދުި ހަވީރު ކުޅެވުނު މެޗުގައި  މެންޗެސްޓަރ ޔުނައިޓެޑުން ލީޑުގައި ވަނިކޮށް އެވަޓަން އިން އެއްވަރުކޮށް ޔުނައިޓެޑް މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.

ޔުނައިޓެޑުގެ ދަނޑުގައި ކުޅެވުނު މިފޯރިގަދަ މެޗު ނިމިގެން ގޮސްފައިވަނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. މިއަދުގެ މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑްނަގާފައިވަނި މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށްވެފައި ވަނިކޮށް މެންޗެސްޓާރ ޔުނައިޓެޑުންނެވެ. މި ލަނޑު ކާމިޔާބުކޮށްފައިވަނީ ބްރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން މާޝިއަލް އެވެ.

މި މެޗުގެ ނަތީޖާ އެވަޓަންއިން ހަމަހަމަ ކޮށްފައިވަނީ މެޗުގެ ފަހުހާފުގައި، މެޗުގެ 66 ވަނަ މިނިޓްގައި އެންޑްރޯސް ޓައުންސެންޑްއެވެ. އޭނާ މިލަނޑު ކާމިޔާބުކޮށްފައިވަނީ ޔުނައިޓެޑްއަށް ލިބުނު ކޯނަރެއް ސާފުކޮށްލައި ކުރިއަށް ކުޅެ އެވަޓަންއިން އުފެއްދި ކައުންޓު އެޓޭކެއްގައި އަބްދުﷲ ޑޮކޯރޭ ގެ އެހީއާއެކުގައެވެ. މި ލަނޑު ޖެހުމަށްފަހު އެންޑްރޯސް ޓައުންސެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑު ޖެހުމަށްފަހު ސެލެބުރޭޓްކުރާ ގޮތަށް ކަންތައް ކުރުމުން ދަނޑަށް ވަދެތިބި ޔުނައިޓެޑްގެ ސަޕޯރޓަރުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރިތަން ފެނިގެން ގޮސްފައި ވެއެވެ.

މިރޭގެ މިނަތީޖާއާއި އެކު ޔުނައިޓެޑްއާއި އެވަޓަން ޕޮއިންޓުގެ ގޮތުންވެސް ވަނީ ހަމަހަމަ ވެފައެވެ. މިއިން ކޮންމެ ޓީމަކަށްވެސް ވަނީ 7 މެޗު ކުޅެގެން 14 ޕޮއިންޓް ލިބިފައެވެ. ޓޭބަލުގައި ޔުނައިޓެޑަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. 

ޓެގް

އެވަޓަން ޕްރިމިއަރލީގް މެންޗަސްޓަރ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.