ކުޅިވަރު ލީގުގައި ފުރަތަމަ ފަހަރަށް މެންޔޫ ބަލިވެއްޖެ

ލީގުގައި ފުރަތަމަ ފަހަރަށް މެންޔޫ ބަލިވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިފަހަރުގެ ޕްރެމިއާރ ލީގުގައި ފުރަތަމަ ފަހަރަށް މެންޗެސްޓާރ ޔުނައިޓެޑް ބަލިވެއްޖެއެވެ. މެންޔޫ ބަލިވެފައިވަނީ ރާއްޖޭ ގަޑިން މިއަދު ހަވީރު 4.30 ގައި ކުޅެވުނު މެޗުގައި އެސްޓަން ވިލާ އާއި ބައްދަލުކޮށް 1 – 0 ލަނޑުންނެވެ.

މި މެޗުގައި އެސްޓަން ވިލާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގައި އެޓީމުގެ ފަރާތުން ފެނުނު ހަމައެކަނި ގޯލް ޖަހައިދިނީ ޑިފެންޑަރު ކޯޓްނީ ހޯސް އެވެ. އޭނާ މި ލަނޑު ޖެހީ 88 ވަނަ މިނިޓުގައި ޑަގްލަސް ލުއިޒް ނަގައިދިން ކޯނަރެއް ބޮލުން ޖަހައި ގޯލަށް ވައްދާލައިގެންނެވެ. އެސްޓަން ވިލާއިން މި ގޯލު ޖެހިތާ ފަސް މިނިޓު ފަހުން އަދި މެޗުގެ އިތުރުވަގުތުގައި ޔުނައިޓެޑަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މިއީ ހިލޭ ޖެހުމަކުން ބްރޫނޯ ފެނާންޑޭޒް އޭރިއާ ތެރެއަށް ހުރަސް ކޮށްލި ބޯޅަ އެޑިންސަން ކަވާނީ ބޮލުން ޖެހުމުން އެސްޓަން ވިލާގެ ހޯސް އަތުގައި ޖެހުމުން ލިބުނު ޕެނަލްޓިއެކެވެ.

މިފަހަރުގެ ސީޒަންގައި މެންޔޫ ޓީމަށް ލިބުނު އެންމެ ފުރަތަމަ ޕެނަލްޓިކަމަށްވާ މި ޕެނަލްޓީ ބްރޫނޯ ފޮނުވާލުމުންވަނީ މާ މަތިން ބޭރަށް ގޮއްސައެވެ.

މިއަދު މިހާތަނަށް ކުޅެވުނު އެހެން މެޗްތަކަށް ބަލާއިރު މެންޗެސްޓާރ ސިޓީއިން ވަނީ ވާދަވެރި ޗެލްސީ 1-0 ން ބަލިކޮށްފައެވެ. ސިޓީގެ ހަމަ އެކަނި ލަނޑު މެޗުގެ 53 ވަނަ މިނިޓްގައި ކާމިޔާބު ކޮށްދީފައިވަނީ ގެބުރިއަލް ޖީސަސްއެވެ. 

ޓެގް

ޕްރިމިއަރލީގް މެންޗަސްޓަރ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.