ޚަބަރު

މޮސްޓާ އާއި ޖޭފޯ އެމްއެންޕީ އާއި ދުރަށްޖެހިވަޑައިގެންފި

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) އާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހްސިން ހަމީދު (ޖޭފޯ) މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގެ މަސައްކަތާއި، ދުރަށް ޖެހިވަޑައިގަތުމަށް ނިންމަވައިފި އެވެ.

މިރޭ ދިވެހި ޗެނަލް ގެ “ހަވާސާ” ޕްރޮގްރާމު ގައި ވާހަކަ ދައްކަވަމުން އެ ދެ ބޭފުޅުން ވިދާޅުވީ މަޖިލީހަށް އައީ ވަކި މީހެއްގެ ފޮޓޯ ވިއްކައިގެން ނޫން ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ތިބެން ބޭނުންވަނީ އެގޮތުގައި ކަމަށެވެ.

އެ ދެ ބޭފުޅުން ވިދާޅުވީ އެމްއެންޕީ އާ އެކު ކުރަމުން ދިޔަ މަސައްކަތް މިހާ ހިސާބުން ހުއްޓާލާފައިވާ ކަމަށެވެ.

އެ ޕާޓީ އުފައްދަން މަސައްކަތްކުރި މީހުންގެ ތެރެއިން ފެނިފައިވާނީ އެންމެފުރަތަމަ ޕާޓީގައި ކަމަށާއި އެއަށް ފަހު ނުފެންނާނެ ކަމަށް ވެސް އެ ދެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

ޕާޓީ އުފެއްދުމުގެ މަސައްކަތާއި، ދުރަށް ޖެހިވަޑައިގެންނެވި ސަބަބު ދެބޭފުޅުންވެސް ވިދާޅެއްނުވެއެވެ.

ދެބޭފުޅުންވެސް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު މިވަގުތު ހުރިގޮތުން ވަކި ޕާޓީއަކާއި ސީދާ ގުޅިގެން މަސައްކަތް ކުރުމަކީ އެހާ ކަމުދާ ގޮތެއް ނޫން ކަމަށެވެ.

އަދި ޕާޓީ އެއް އުފެއްދުމުގައި މަސައްކަތްކޮށްދިނުމަކީ އެ ޕާޓީއަކާ ގުޅުން ނޫން ކަމަށް ވެސް އެ ދެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close