ޚަބަރު ޔުނައިޓެޑްގެ ސަޕޯޓަރުން އުންމީދުކުރި މިންވަރަށް ރޮނާލްޑޯގެ ކުޅުން ދައްކާލައިފި

ޔުނައިޓެޑްގެ ސަޕޯޓަރުން އުންމީދުކުރި މިންވަރަށް ރޮނާލްޑޯގެ ކުޅުން ދައްކާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ބާރައަހަރަށްފަހު މެންޗެސްޓަރ ޔުނައިޓެޑަށް އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުގައިވެސް ކްރިސްޓިއާނޯ ރޮނާލްޑޯގެ ކުޅުން ޔުނައިޓެޑްގެ ސަޕޯޓަރުން އުންމީދު ކުރިމިންވަރަށް ދައްކާލައިފިއެވެ.

ޔުނައިޓެޑްގެ ސަޕޯޓަރުން މުޅިދަނޑު ފުރާލައިފައިވާއިރު ރޮނޯލްޑޯވަނީ ރޭގެ މެޗްގައި ދެގޯލް ކާމިޔާކޮށްދީ އެވެ.

ޔުނައިޓެޑުގެ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މި މެޗު ޔުނައިޓެޑު ކާމިޔާބުކޮށްފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ.

މިއީ 12 އަހަރަށްފަހު އެނބުރި ކުރީގެ ކުލަބަށް ބަދަލުވެ ރޮނާލްޑޯ ކާމިޔާބުކުރި ދެ ލަނޑެވެ. މި ދެ ލަނޑާއެކު މުޅި ދަނޑު ގުގުމާލިއެވެ. ޔުނައިޓެޑުގެ ސަޕޯޓަރުންގެ އަޑެއް މި މެޗުގައި ނުކެނޑެއެވެ.

މިއީ ލީގުގައި ޔުނައިޓެޑް ހޯދި ތިންވަނަ މޮޅެވެ. މެޗުގައި އެންމެ ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ޔުނައިޓެޑެވެ. ފުރަތަމަ ހާފްގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުުތުގެ ލިބުނު ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ފުރަތަމަ ހާފު ނިމުނީ ޔުނައިޓެޑު ލީޑުގައި އޮވެގެންނެވެ. ދެވަނަ ހާފުގެ 56 ވަނަ މިނެޓްގައި ނިއުކާސަލް ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަވިއޭ މަންކިއުލޯ އެވެ.

 ނަމަވެސް ޔުނައިޓެޑުން ވަނީ މި ލަނޑު ޖެހިތާ ހަ މިނެޓުފަހުން އަލުން ޔުނައިޓެޑަށް ލީޑު ނަގައިދީފައެވެ. މެޗުގެ 62 ވަނަ މިނެޓުގައި ރޮނާލްޑޯ މި ލަނޑު ކާމިޔާބުކުރީ ޝޯ ދިން ބޯޅައަކުންނެވެ.

ޔުނައިޓެޑުގެ ތިންވަނަ ލަނޑު މެޗުގެ 80 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭސް އެވެ. މިއީ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުން އޭނާ ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ. ޔުނައިޓެޑްގެ ހަތަރުވަނަ ގޯލު މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ޖެސެ ލިންގާޑެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ވެސްޓްހަމް ޔުނައިޓެޑާއެވެ.

ޓެގް

ނިއުކާސަލް މެންޗަސްޓަރ ރޮނާލްޑޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.