ޚަބަރު

އިތުރު 95 މީހަކު ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ފާއިތުވި24 ގަޑި އިރު ރާއްޖެއިން އިތުރު 95 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފއި ވާކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެ އިދާރާ އިން ބުނީ މިއަދު ޕޮޒިޓިވް ވީ މާލެ ސަރަހައްދުން 24 މީހަކާއި އަތޮޅުތެރެއިން 62 މީހަކާއި ރިސޯޓުތަކުން ނުވަ މީހުން ކަމަށެވެ.

މިއާއެކު ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 79،754 އަށް ވަނީ އަރާފަ އެވެ.

ހަމަމިއާއެކު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 57 މީހުން މިބަލިން ރަނގަޅުވެފައިވާ އިރު، ރާއްޖެއިން ރަނގަޅުވި މީހުންގެ ޢަދަދު 77،770 އަށް ވަނީ އަރާފަ އެވެ.

މި ބައްޔަށް 1،750 މީހަކަށް ފަރުވާދެމުން އަންނަ އިރު، ހޮސްޕިޓަލުތަކުގައި 16 މީހަކު މި ބައްޔަށް ފަރުވާ ހޯދަމުން އެބަދެއެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 222 މީހަކު ވަނީ މަރުވެފަ އެވެ. އެއީ 205 ދިވެހީންނާއި 17 ބިދޭސީން ނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close