އާސެނަލްއަށް ލަދުވެތި ފެށުމެއް
ރޭގައި ފެށުނު އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި އަލަށް ޕްރޮމޯޓްވި ބްރެންޓްފޯޑު އަތުން 2-0 ން ބަލިވެ އާސެނަލްއިން ލަދުވެތި ފެށުމަކުން ފަށަށް ޖެހިއްޖެއެވެ.
މިފަހަރުގެ ލީގުގެ ފުރަތަމަ މެޗުގައި އަލަށް ޕްރޮމޯޓްވި ބްރެންޓްފޯޑުން ވަނީ އާސެނަލް ކައިރީގައި މޮޅުކުޅުމެއް ދައްކާފައެވެ.
ބްރެންޓްފޯޑް ކޮމިއުނިޓީ ސްޓޭޑިއަމްގައި ރޭ ކުޅެވުނު މި މެޗުގައި ބްރެންޓްފޯޑުން ފުރަތަމަ ގޯލު ކާމިޔާބުކުރީ މެޗުގެ 22 ވަނަ މިނިޓްގައި ސާޖީ ކަނޯސް އެވެ. އަދި އެޓީމުގެ 2 ވަނަ ލަނޑު މެޗުގެ 74 ވަނަ މިނިތްގައި ކާމިޔާބުކޮސްދިނީ އެޓީމުގެ މެދުތެރެއަށް ކުޅެމުން ގެންދިޔަ ކްރިސްޓިއަން ނޯގާޑްއެވެ.
މި މެޗުގައި އާސެނަލުން ލަނޑުޖަހަށް މަސައްކަތް ކުރިނަމަވެސް ބްރެންޓްފޯޑުގެ ޑިފެންޑަރުންނާއި ކިޕަރުވަނީ އެކަން ހުއްޓުވާފައެވެ.
މިރޭގެ މިބައްޔާއެކު ލީގުހުޅުވާ މެޗުގައި އާސެނަލް މޮޅުވަމުން އައި އައުމަށް މިވަނީ ނިމުން އައިސްފައެވެ. މިއީ އިނގިރޭސި ޕްރިމިއާ ލީގު ހުޅުވާ މެޗެއްގައި ވާދަކޮށްގެން އާސެނަލް ބަލިވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ތިން ފަހަރު ހުޅުވާ މެޗުގައި ކުޅެގެން ވަނީ ވެސްޓް ބްރޮމް އާއި ލެސްޓާ ސިޓީ އަދި ފުލަމް ބަލިކޮށްފަ އެވެ.

