ޚަބަރު

މެމްބަރު ނާޒިމްގެ ޕާޓީއަށް މެމްބަރުން އިތުރުކުމުގެ މަސައްކަތް ފަށައިފި

ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް)ގެ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަށް މެމްބަރުން އިތުރުގެ މަސައްކަތް ފަށައިފިއެވެ.  

އެގޮތުން މެމްބަރުން އިތުރުކުރުމަށް 11 ރަށެއްގައި ފޯކަލް ޕޮއިންޓުން ވަނީ ކަނޑައަޅައިފަ އެވެ.

އެ ޕާޓީއަށް މެމްބަރުން ހޯދުމަށް ފަށާފައިވާ ދަތުރުގައި މި އޯގަސްޓު މަހުގެ 5 އިން 12 އަށް ވަނީ ކޮޅުމަޑުލަށް (ތ. އަތޮޅަށް) ދަތުރެއް ކޮށްފަ އެވެ. މި ދަތުރުގައި އެއަތޮޅުގެ 11 ރަށަކަށް ޒިޔާރަތްކޮށް ޕާޓީގެ މައުލޫމާތު ހިއްސާކޮށް، އެރަށްރަށުގައި އެ ޕާޓީގެ ފޯކަލް ޕޮއިންޓުން ހަމަޖައްސާފައިވާ ކަމަށް އެމްއެންޕީ އިން ބުނެ އެވެ.

އެމްއެންޕީ އިން ބުނީ އެ ޕާޓީގެ އައްޑޫ ސިޓީ ހިތަދޫގެ އޮފީސް ހެދުމުގެ މަސައްކަތް ވެސް މިހާރުކުރިއަށްދާ ކަމަށެވެ.

ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތްކޮށް ރައްޔިތުން އެދޭ ކަންކަން ހާސިލު ކޮށްދޭނެ ޕާޓީއެއް ކަމަށް އެ ޕާޓީން ބުނަމުން އަންނަ އިރު، ޕާޓީއަށް މެމްބަރުން އިތުރުކުރުމަށްޓަކައި އިތުރުރަށްތަކަށް ވަރަަށް އަވަހަަށް ދަތުރު ފެށުމަށް ވަނީ ނިންމާފަ އެވެ.

އެ ޕާޓީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުއްދަދީފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުސާމް އަށެވެ. އަދި މިޕާޓީ އުފެއްދުމުގައި ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭ4) އަންނަނީ އިސްދައުރެއް އަދާކުރައްވަމުން ނެވެ.

އެމްއެންޕީން މިހާރު ކުރަމުން ދާ މަސައްކަތަކީ 3000 މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close