ޚަބަރު އަންނަ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރާނަން – ކާނަލް ނާޒިމް

އަންނަ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރާނަން – ކާނަލް ނާޒިމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރިޓަޔާޑް ކާނަލް މުޙައްމަދު ނާޒިމް އިސްކޮށް ހުންނަވައިގެން އުފައްދަވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ވާދަކުރެއްވުމުގެ ޝައުޤު ފާޅުކުރައްވައިފިއެވެ.

މިއަދު އެމްއެންޕީ ގެ ފަރާތުން ބޭއްވި ނޫސްކޮންފަރެންސްގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމުގެ ވިސްނުންފުޅު ނާޒިމް ގެންގުޅުއްވާތޯ ނޫސްވެރިއަކު ސުވާލުކުރުމުން ނާޒިމް ވިދާޅުވީ އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކެނޑިޑޭޓަކު ކަނޑައަޅާނީ ޕާޓީގެ ތެރޭގައި އޮންނަ ޕްރައިމަރީއަކުން ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓަކު ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށާއި، އެ ޕްރައިމަރީއާ ހަމައަށް އެ ޕާޓީއާ ގުޅިވަޑައިގެން މަސައްކަތްކުރައްވާ ބޭފުޅުންނަށްވެސް އެ ޕާޓީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް މަސައްކަތްކުރެއްވުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ކާނަލް ނާޒިމް ވިދާޅުވިއެވެ.

އެއާއެކު ނާޒިމް ވިދާޅުވީ އޭނާ އެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށެވެ. ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުޤު އޮތް ނަމަވެސް އިންތިޚާބުގައި ވާދަކުރައްވާނެ ބޭފުޅަކު ނިންމާނީ އެ ޕާޓީގެ އެތެރޭގައި އޮންނަ ޕްރައިމަރީގައި ކަމަށެވެ.

ޓެގް

ނާޒިމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.