ޢުމުރުން ނުވަ މަސް ވެސް ނުފުރޭ ކުއްޖަކާއި އެއްމަސްވެސް ނުފުރޭ ކުއްޖަކަށް ކޮވިޑްޖެހި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާކަމަށް ކުޑަކުދިންގެ ޑރ. އަޙްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑރ. އަހްމަދު ފައިސަލް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ދުވަސްކޮޅަކަށްފަހު ކުޑަ ދެ ކުއްޖެއް ކޮވިޑަށް ހުށަހެޅުނުކަން ފާހަގަކުރައްވާ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ކޮވިޑްގެ އިތުރު ރާޅެއް ބޯމަތިވެފައިވާކަމުގެ އިންޒާރު ދިނުމަށްފަހު އޭނާ ވަނީ ސަލާމަތީ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.
“މިއަދު ދެ ކުޑަކުދިން ވޯޑްގައި އެޑްމިޓް ކުރެވިގެން ދިޔަ ކޮވިޑް ޖެހިގެން. އެއް ކުއްޖަކީ އެއް މަސްނުވާ ކުއްޖެއް. އަނެއް ކުއްޖަކަށް 9 މަސް ނުވޭ. މީ އިތުރު ރާޅެއްގެ ފެށުންތައް؟” ޑރ. ފައިސަލް ކުރެއްވި ޓްވީޓްގައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...