ޚަބަރު ކާނަލް ނާޒިމް އުފައްދަވާ ޕާޓީގެ ނަމަކީ މޯލްޑިވްސް ނެޝަނަލް ޕާޓީ

ކާނަލް ނާޒިމް އުފައްދަވާ ޕާޓީގެ ނަމަކީ މޯލްޑިވްސް ނެޝަނަލް ޕާޓީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރެއްވި ޓްވިޓަކުން ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް އަހުމަދު ނާޒިމް އިސްވެ އަލަށް އުފައްދަވާ ޕާޓީގެ ނަމަކީ މޯލްޑިވްސް ނެޝަނަލް ޕާޓީކަން ހާމަވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު ވ. ވަސްމީރުފިޔަ, އަހުމަދު އުޝާމްއަށް ދީފައިވާކަމަށެވެ.

އެކަމާއި ގުޅިގެން މިއަދު އުޝާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް ޕާޓީއަކީ އޭނާގެ އިތުރުން ދަނގެތި ދާއިރާގެ މެންބަރު ނާޒިމް, ތިމަރަފުށީ ދާއިރާގެ މެންބަރު ރިޔާޒް, ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله އަދި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން ހަމީދު ގުޅިގެން އުފައްދަވަން މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ.

“އުންމީދަކީ މާ ލަސްތަކެއް ނުވެ ޕާޓި ރަޖިސްޓްރީކުރަން ކުރަންޖެހޭ ކަންކަން ކޮށް ނިންމުން,” އާ ޕަތީއާ ގުޅިގެން އުޝާމް އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

އާ ޕާޓީ އުފައްދަވަން މަސައްކަތްކުރައްވާ އުޝާމްގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله އަދި ނިލަންދޫ މެމްބަރު އަބްލްމުހުސިން ހަމީދަކީ ރައްޔިތުންގެ މަޖިލީހަށް މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި އިންތިހާބުވި ފަސް މެންބަރުންގެ ތެރެއިން މެމްބަރުންނެވެ.

ޓެގް

ނާޒިމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.