ޚަބަރު

ކީރިތި ޤުރްއާން އިނގިރޭސި ބަހަށް ތަރުޖަމާކުރެއްވި ޑރ. މުޙްސިން މުޙިއްޔުއް ދީން އަލްޢީސާ އަވަހާރަވެއްޖެ

ޑރ. މުޙައްމަދު މުޙްސިން ޚާން ގެ ނަމުން މަޝްހޫރުވެފައިވާ ޑރ. މުޙްސިން މުޙިއްޔުއް ދީން އަލްޢީސާ އަވަހާރަވެއްޖެއެވެ. ﷲ އެބޭފުޅާއަށް ރަޙުމަތް ލައްވާށިއެވެ.  ފާފަ ފުއްސަވައި ދެއްވާށި. އާމީން

ޑރ. މުޙްސިން އަކީ  ޑރ. ތަޤީޔުއްދީން އަލްހިލާލީ އާއިއެކު ކީރިތި ޤުރުއާނުގެ މާނަ އިނގިރޭސި ބަހަށް “ނޯބަލް ޤުރުއާން” ގެ ނަމުން ތަރުޖަމާ ކުރެއްވި ބޭފުޅާއެވެ. އެއީ 9 މުޖައްލަދު (ވޮލިއުމް)ގެ މައްޗަށް ތަފްޞީރާއި އެކުގައެވެ. އަދި އެއް މުޖައްލަދަށް ޚުލާސާ ގެ ގޮތުގައެވެ.

އަދި އެބޭފުޅާއަކީ އިމާމް އަލްބުޚާރީ ގެ “އައްޞަޙީޙު” ގެ ވެސް އިނގިރޭސި ބަހުގެ ތަރުޖަމާނުއެވެ. އަދި އެއަށްފަހު އެ އެއްމުޖައްލަދަށް ޚުލާސާ ކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޑރ. މުޙްސިން ގެ ކަށުނަމާދު ވަނީ ރޭގެ ފަތިސްނަމާދަށްފަހު، މަސްޖިދުން ނަބަވީގައި ކުރިޔަށް ގެންގޮސްފައެވެ.

އަވަހާރަވި އިރު އުމުރުފުޅަކީ 97 އަހަރެވެ. (ހިޖުރީގޮތުން)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close