ޚަބަރު ފުލުހުންގެ "ރައްކާ ރޯޑްޝޯ" މި އޮކްޓޫބަރު 9 ގައި ގދ. އަތޮޅުގައި ބާއްވަނީ

ފުލުހުންގެ "ރައްކާ ރޯޑްޝޯ" މި އޮކްޓޫބަރު 9 ގައި ގދ. އަތޮޅުގައި ބާއްވަނީ

ފުލުހުންގެ "ރައްކާ ރޯޑްޝޯ" މި އޮކްޓޫބަރު 9 ގައި ގދ. އަތޮޅުގައި ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ގދ. އަތޮޅުގެ ރަށްރަށުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް އާންމުން ހޭލުންތެރިކުރުމުގެ ބޮޑު ހަރަކާތެއް "ރައްކާ ރޯޑްޝޯ" ގެ ނަމުގައި މި އޮކްޓޫބަރު މަހުގެ 9 އިން 19 އަށް ބޭއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ތައްޔާރުވެއްޖެއެވެ. "ރަނގަޅުކޮށްލާ" މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި ކެމްޕޭނަކީ މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމާއި، ގަވާއިދުތަކަށް ބޯލެނބުމުގެ ރަނގަޅު އާދަތައް މުޖުތަމައުގައި އަށަގަންނެވުމަށް ބާރުއެޅުމުގެ ގޮތުން ރޭވިގެން ހިންގާ ޕްރޮގްރާމެކެވެ.

މި ރޯޑްޝޯގެ ތެރެއިން އެ އަތޮޅުގެ އެކި އުމުރުފުރާގެ ރައްޔިތުންނަށް ޚާއްސަކޮށްގެން މުހިންމު އިވެންޓްތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން ރޯޑް ސޭފްޓީ ވޯކް، ޓީމް ބިލްޑިންގ ހަރަކާތްތައް، "ބީޗް ބްލާސްޓް" އިވެންޓްތަކުގެ އިތުރުން ކުއިޒް މުބާރާތްތަކާއި ބަށި އަދި ބާސްކެޓްބޯޅަ މުބާރާތްތައް ކުރިއަށްދާނެއެވެ. މީގެ އިތުރުން ސްކޫލް ދަރިވަރުންގެ މެދުގައި ރައްކާތެރިކަމުގެ އާދަތައް އަށަގަންނެވުމަށް "ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް" އާއި "ފަހިރާސްތާ" ޕްރޮގްރާމް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އާންމުން މަގުމަތީގެ ގަވާއިދުތަކަށް ހޭލުންތެރިކުރުމުގެ ސެޝަންތަކާއެކު، މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ބިލްބޯޑުތައް އެ އަތޮޅުގެ ރަށްރަށުގައި ބެހެއްޓުމަށް ވަނީ ރޭވިފައެވެ. ފުލުހުންގެ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ޑިޕާޓްމަންޓުން އިސްނަގައިގެން ކުރިއަށްގެންދާ މި ކެމްޕޭނުގައި ސަރުކާރުގެ އިދާރާތަކާއި ކައުންސިލްތަކުގެ އިތުރުން އޫރީދޫ، އެލައިޑް، އެމްޓީސީސީ، އަވަސް އަދި ހޮންޑާ (ޝީޝާ) ފަދަ ކުންފުނިތަކުން ބައިވެރިވެއެވެ. މީގެ ކުރިން ހުޅުމާލޭގައިވެސް ވަނީ މިފަދަ ކާމިޔާބު ރޯޑްޝޯއެއް ބޭއްވިފައެވެ.

ޓެގް

ފުލުހުން ރައްކާ ރޯޑްޝޯވ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.