ޚަބަރު އިލެކްޝަންސް ކޮމިޝަނުގެ ރައީސް އިސްތިއުފާ ދެއްވައިފި

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އިސްތިއުފާ ދެއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުން އިސްތިޢުފާ ދެއްވައިފިއެވެ.

އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި ކުރެއްވި ޓުވީޓެއްގައި ޝަރީފް ވިދާޅުވީ ވޭތުވެދިޔަ 3 އިންތީޚާބުގައި އިޚްލާސްތެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތްކޮށް ދެއްވުނުކަމުގެ ހިތްހަމަޖެހުން އެނާއަށް އެބައޮތްކަމަށެވެ. އަދި ކުރިމަގުގައިވެސް ރައްޔިތުންގެ ޚިދުމަތުގައި ހުންނަވާނެކަމަށް ޝަރީފު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޝަރީފު އައްޔަންކުރެއްވުމާއި ގުޅިގެން އެ ކޮމިޝަނުގެ ރައީސްގެ މަޤާމަށް އަޙްމަދު ޝަރީފް އިންތިޚާބު ކޮށްފައިވަނީ 2018 ވަނަ އަހަރުގެ މާޗްމަހުގެ 6 ވަނަ ދުވަހުގައެވެ.

ޓެގް

ޝަރީފް އެލެކްޝަންސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.