ކުޅިވަރު އިންގުލޭންޑުން ހަނިމޮޅަކާއި އެކު ފެށުން ރަނގަޅުކޮށްފި

އިންގުލޭންޑުން ހަނިމޮޅަކާއި އެކު ފެށުން ރަނގަޅުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިންގުލޭންޑު ކުޅުނު ފުރަތަމަ މެޗުގައި ކްރޮއޭޝިއާ އަތުން 1-0 ގެ ހަނި ނަތީޖާއަކުން މޮޅުވެ އެޓީމުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން އިންގްލެންޑް މޮޅުވި ފުރަތަމަ ފަހަރުވެސް މެއެވެ. މީގެ ކުރިން ޔޫރޯ އެއްވެސް މުބާރާތެއްގައި އިންގުލޭންޑުން ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައެއް ނުވެއެވެ. މީގެ ކުރީގެ މުބާރާތަކަށް ބަލާއިރު އެ ޓީމު ކުޅުނު ނުވަ މެޗުގެ ތެރެއިން ފަސް މެޗުން އެއްވަރުވިއިރު، ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ.

އިނގިރޭސި ވިލާތުގެ ވެމްބުލީ ސްޓޭޑިއަމުގައި މިއަދު ހަވީރު 6 ޖަހާއިރު ކުޅެވުނު މި މެޗު ފަށައިގެން އިންގްލެންޑުން ރަނގަޅަށް ކުޅެ ކުރެއޭޝިއާގެ ގޯލަށް ބާރުބޮޑުކުރަމުން ދިޔައެވެ. މިގޮތުން މެޗުގެ ފަސް ވަނަ މިނިޓްގައި އިނގިރޭސި ޓީމުގެ އުމުރުން 21 އަހަރުގެ ފިލް ފޯޑެން އޭރިއާތެރެއިން ފޮނިވާލި ހިތްގައމު ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ ފަހުން އޭރިއާބޭރުން އިންގްލެންޑްގެ ރޮނގުކައިރިން ކަލްވިން ފިލިޕްސް ޖެހި ޝޮޓް ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗް ވަނީ ދިފާޢުކޮށްފައެވެ.

މިއަދުގެ މެޗުގައި އިންގްލެންޑުން ޖެހި ހަމައެކަނި ލަނޑު މެޗުގެ 57 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ސިޓީގެ ރަހީމް ސްޓާލިންނެވެ. އޭނާ މިލަނޑު ކާމިޔާބު ކޮށްދީފައިވަނީ ކެލްވިން ފިލިޕްސް ތަނަވަސް ކޮށްދިން ފުރުސަތު ބޭނުން ހިފައި އޭރިއާ ތެރެއަށް ވަދެ ހުސްކޮށް އޮތް ކްރޮއޭޝިއާގެ ގޯލަށް ބޯޅަ ފޮވާލައިގެންނެވެ. އެވަގުތު ކްރޮއޭޝިއާގެ ކީޕަރު ލިކޮވިޗް ހުރެވުނީ  ކުރިއަށް ނުކުމެވިފައެވެ.

މިއަދުގެ މުޅި މެޗަށްބަލާއިރު ކުރެއޭޝިއާއަށް މާއެދެވޭ ރަނގަޅު ކުޅުމެއް ދެއްކިފައެއްނުވެއެވެ.

ޓެގް

އިންގްލޭންޑް ޔޫރޯ2020

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.