ޚަބަރު ޓިކްޓޮކާއި، ވީޗެޓް ބޭންކުރުމަށް ޓްރަމްޕް ނެރުއްވި އަމުރު ބައިޑެން ކެންސަލް ކުރައްވައިފި

ޓިކްޓޮކާއި، ވީޗެޓް ބޭންކުރުމަށް ޓްރަމްޕް ނެރުއްވި އަމުރު ބައިޑެން ކެންސަލް ކުރައްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އެމެރިކާއާއި ޗައިނާގެ ދެމެދުގައި އުފެދިފައިވާ ސަލާމަތީ އަދި ވިޔަފާރީގެ ނުތަނަވަސްކަމުގެ ތެރެއިން، ޗައިނާގެ ހިއްސާ އޮންނަ މަގުބޫލު ދެ މޯބައިލް އެޕްލިކޭޝަން ކަމަށްވާ ޓިކްޓޮކް އަދި ވީޗެޓް އެމެރިކާގައި ޑައުންލޯޑްކޮށް ބޭނުންކުރުން މަނާކުރުމަށް އެމެރިކާގެ ކުރީގެ ރައިސް ޓްރަމްޕް ކުރެއްވި އަމުރު، އެމެރިކާގެ މިހާރުގެ ރައީސް ޖޯބައިޑެން ބާތިލް ކުރައްވައިފިއެވެ.

ކުރީގެ ރައީސް ޓްރަމްޕް ނެރުއްވި އަމުރު ބައިޑަން ކެންސަލް ކުރައްވާ އެ ދެއެޕްލިކޭޝަން އެމެރިކާގައި ބޭނުންކުރުން ހުއްދަކަމުގައި ވިދާޅުވިޔަސް އެމެރިކާއިން ކުރާ ތުހުމަތުތައް ބައިޑެންވެސް ދެމެހެއްޓެވިއެވެ. އަދި އެ ދެ އެޕްމެދުވެރިކޮށް ޖާސޫސް ކުރޭތޯ ނުވަތަ ނޫންތޯ ބެލުމަށް އެމެރިކާގެ ކަމާބެހޭ އިދާރާތަކަށް ވަނީ އަންގަވާފައެވެ.

ޓްރަމްޕް މިދިޔައަހަރު ކުރެއްވި އަމުރާއި ގުޅިގެން އެމެރިކާގެ ކޮމާސް ސެކްރެޓަރީ ވިލްބަރ ރޮސް ވިދާޅުވެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 12 ވަނަ ދުވަހާއި ހަމައަށް އެމެރިކާގައި އެއްވެސް އެޕްލިކޭޝަން ސްޓޯރެއް މެދުވެރިކޮށް ޓިކްޓޮކް ޑައުންލޯޑް ނުކުރެވޭނެގޮތް ހަދާފައިވާ ކަމަށެވެ. ނަމަވެސް އެ ދެ އެޕްލިކޭޝަން ބޭނުންކުރުން އެއްކޮށް މަނާ ނުކުރާ ކަމަށް އޭނާވަނީ ވިދާޅުވެފައެވެ.  

ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގައި ޓިކްޓޮކް ޑައުންލޯޑްކޮށް އަޕްޑޭޓްކުރުން ހުއްޓުވާލަން ނިންމީ އެ އެޕްލިކޭޝަންގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކަލާއި ދިމާވެފައިވާ ކަމަށް ބުނެއެވެ.

އެމެރިކާސަރުކާރުން އެ ދެއެޕްލިކޭޝަންއާއި މެދު މިފަދަ ގޮތަކަށް ޢަމަލުކުރަމުންދާއިރު، ޓްރަމްޕްގެވެރިކަމުގައިވެސް ޓިކްޓޮކަށް ލުއިތަކެއް ދިނެވެ. އެގޮތުން މިދިޔައަހަރުގެ ނޮވެމްބަރ 12ވަނަ ދުވަހާއި ހަމައަށް އެމެރިކާގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް ޓިކްޓޮކަށް މުހުލަތުދިނެވެ.

އެގޮތުން ޓިކްޓޮކްގެ ބެލެނިވެރި ޗައިނާގެ ކުންފުނިކަމަށްވާ ބައިޓްޑާންސް އަދި އެމެރިކާގެ އޮރެކަލް ކުންފުނިން ގުޅިގެން އެމެރިކާގެ ސަލާމަތީ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެފަދަ ގޮތަކަށް ހެދުމަށް މަސައްކަތްކުރިއެވެ.

ބެލެވޭގޮތުގައި ބައިޑަންގެ ސަރުކާރުން އެ ދެ އެޕަށް ލުއިދިނީ އެމެރިކާއަށް އެއްބާރުލުން ދިނުމުގެ ސަބަބުންނެވެ.

ޓެގް

ވީޗެޓް ޖޯބައިޑަން ޓިކްޓޮކް ޓްރަމްޕް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.