ޚަބަރު 16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މެދުރާއްޖެތެރޭ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައިގައި ކޯޓް އަމުރެއްގެ ދަށުން 38 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މީހާ ހައްޔަރުކުރީ ކޮން ތަނަކުން ކަމެއް ފުލުހުން ނުބުނެއެވެ.

ފުލުހުން ވިދާޅުވީ، ނޯތު ސެންޓްރަލް ޑިވިޒަން (ކ. އއ. އދ. ވ) އަތޮޅު ހިމެނޭ ރަށެއްގައި 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މި މަހުގެ 29 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މިމައްސަލަ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން ގެންދާ ކަމަށް ފުލުހުން ވިދާޅުވެފައިވާއިރު، މިމައްސަލަ އާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ރާއްޖޭގައި ޖިންސީ ގޯނާ ކުރުމާއި ފުރައްސާރަ ކުރުމުގެ މައްސަލަތައް އިތުރު ވަމުން އަންނައިރު، މިދިޔަ އަހަރު 17 އަހަރުގެ އަންހެން ކުއްޖަކަށް ބެލެކްމެއިލްކޮށްގެން ފުރައްސާރަ ކުރާ މައްސަލައެއްގައި ޒުވާނަކަށް ދައުވާކުރަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދާކަމަށް ފުލުހުން އިއްޔެ ވަނީ ވިދާޅުވެފައެވެ.

ޓެގް

ޖިންސީގޯނާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.