ކުޅިވަރު ކޮވިޑަށް ޕޮޒިޓިވުވެ ދަނގަޑޭ ޓީމާއި ދުރަށް

ކޮވިޑަށް ޕޮޒިޓިވުވެ ދަނގަޑޭ ޓީމާއި ދުރަށް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މުޅިދިވެހި ޤައުމު އެކުޅުންތެރިއަކަށްޓަކައި ފަޙްރުވެރިވާ ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި މިހާރު ޤައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ޗައިނާ އަށް މިއަދު ދަތުރުކުރާ ގައުމީ ސްކޮޑާއި ދުރަށްދާން ޖެހިއްޖެ އެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި އަޝްފާގް ކުރި ޓްވީޓެއްގައި ބުނީ، ޗައިނާ އަށް ދިއުމުގެ ކުރިން އޭނާ ހެދި ދެ ވަނަ ކޮވިޑް ޓެސްޓު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މިގޮތުން ދަނގަޑޭ ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ ކޮވިޑަށް ޕޮޒިޓިވް ވީކަމުގައި ވިޔަސް މާތްﷲ ގެ ހެޔޮ ރަޙްމަތްފުޅުން އޭނާގެ ހާލު ރަނގަޅު ކަމުގައެވެ.

ތަފާތު އެތަށް މައްސަލަތަކަކާއި ހުރެ ގާތްގަނޑަކަށް ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ސީނިއާ ޓީމު މެޗުތަކަށް ނުކުންނައިރު، ދަގަނޑޭ އަށް ޓީމުގައި ބައިވެރި ނުވެވުމަކީ، މިހާރުގެ ކޯޗު މާޓިން ކޫޕްމަން އަށް ކުރިމަތިވާނެ ވަރަށް ބޮޑު މައްސަލައެކެވެ.  އެހެނީ ކޯޗް ޤަބޫލުކުރާ ގޮތުގައި މިއަދުވެސް ދަނގަޑޭއަކީ މެޗުގެ ނަތީޖާ ބަދަލުކޮށްލެވޭ ފަދަ ކުޅުންތެރިއެއްގެ އިތުރުން ޓީމަށް މުޙިއްމު ލީޑަރެއްވެސް މެއެވެ.

ވޯލްޑްކަޕް ކޮލިފިކޭޝަންގައި ރާއްޖެ ހިމެނޭ ގުރޫޕްގެ ބާކީ މެޗުތައް ޗައިނާގައި އޮންނާނީ އޮންނައިރު، މިއަދު އެމިރޭޓްސްގެ މަގުން ގައުމީ ޓީމު ޗައިނާއަށް ދަތުރު ކުރާނެ އެވެ. ކޮވިޑް-19 ކޮންޓްރޯލްކުރަން ޗައިނާއިން އަޅާފައިވާ ވަރުގަދަ ފިޔަވަޅުގެ ދަށުން އެ ޤައުމަށް އެތެރެވުމުގެ ކުރިން ދެ ސެންޓަރަކުން ދެ ދުވަހަކު ކޮވިޑް ޓެސްޓް ހައްދަން ޖެހެ އެވެ. އަދި ކޮވިޑް ވެކެސިން ޖަހައިފައިވާކަން ވެސް ކަށަވަރުކޮށްދޭން ޖެހެ އެވެ.

އެންމެފަހުން ހެދުނު ޓެސްޓުން ދަނގަޑޭގެ އިތުރުން ޤައުމީ ޓީމުގެ ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕެ) ވެސް ވަނީ ކޮވިޑަށް ޕޮޒިޓީވްވެ ޓީމާއި ވަކިވާން ޖެހިފައެވެ.

ޓެގް

ދަގަނޑޭ އަލީ އަޝްފާޤް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.