ޓެކްނޮލޮޖީ ވަޓްސްއަޕްގެ ލާސްޓް ސީން ހައިޑް ކޮށްލާނީ ކިހިނެއް؟

ވަޓްސްއަޕްގެ ލާސްޓް ސީން ހައިޑް ކޮށްލާނީ ކިހިނެއް؟

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ވައިބަރ، ފޭސްބުކް، ޓްވިޓަރ އަދި ވަޓްސްއަޕް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ އެޕްތަކުގެ ސީކްރެޓް އެކްޝަންތަކަކީ ބައެއް ފަހަރު ޙަޤީޤީ ދިރިއުޅުމުގެ މައިދާނުގައިވެސް އޭގެ ސަބަބުން ފައިދާއާއި ގެއްލުން ނުހަނުބޮޑަށް އެކުލެވިގެންވާ އެފަދަކަންކަމުގެ އަސަރުގެ ސަބަބުން މުޅިޙަޔާތް ބަރުބާދުވެގެންދާ ފަދަ ބޮޑެތި ހާދިސާތައްވެސް ހިނގައިފައި ހުރި ކަންކަމެވެ.  

ދާދި ފަހުން ސައޫދީ އަރަބިޔާގައި ދިމާވި ހާދިސާއެއްގައި ވަޓްސްއަޕް މެސެޖަކަށް ޖަވާބު ނުދީގެން އެގައުމުގެ ދެމަފިއަކު ވެސް ވަނީ ވަރިވެފައެވެ. މިހާދިސާ ގައި ފިރިމީހާ އަނިބިމީހާއަށް ފޮނުވި މެސެޖަކަށް ޖަވާބު ނުދީގެން ވަރިކުރި މައްސަލައިގައި އަނބިމީހާ ބުނެފައިވަނީ އެމެސެޖް އޭނާ ނުކިޔާ ކަމަށެވެ.

އެހެންނަމަވެސް ފިރިމީހާ ބުނެފައިވަނީ އޭނާ ފޮނުވިމެސެޖް ވަޓްސްއަޕްގެ ބުލޫޓިކް ނުވަތަ ސީން ސްޓޭޓަސް ގެ ސަބަބުން އޭނާގެ އަންހެނުން އެ މެސެޖްކީކަން ސާބިތުވާ ކަމަށެވެ.

ވަޓްސް އަޕްގައި އަންރެޑް މެސެޖްތައް ހުންނާނީ އަޅިކުލައިގެ ޓިކްގައި ކަމަށްވާއިރު، މެސެޖެއް ކިޔައިފިނަމަ ބްލޫކުލައަށް އެމެސެޖެއްގެ ޓިކް ބަދަލުވެއެވެ. މި ޚަބަރު ފަތުރާފައިވާ ނޫސްތަކުންބުނެފައިވާ ގޮތުން އަނބިމީހާއަށް އެމެސެޖަށް ރިޕްލައި ނުދެވުނީ އޭނާއަށް އައިސްފާހުރި އެހެނިހެން ފޯންކޯލް ތަކަށާއި، މެސެޖްތަކަށް ޖަވާބު ދިނުމުގައި ބިޒީވެގެންނެވެ.

މިއީ މިފަދަ އެންމެ ހާދިސާއެކެވެ. އަހަރެމެންނަށް ނޭންގި މިފަދަ ކިތަންމެ ކިތަންމެ ހާދިސާއެއް ހިނގައިފައި ހުންނާނެކަމީ ދެބަސްވެވެންނެތް ޙަޤީޤަތެކެވެ.

އެހެންކަމުން މިފަހަރު މިކިޔާލަދެނީ ވަޓްސްއަޕް ލާސްޓްސީން ހައިޑް ކޮށްލެވިދާނެ ފަސޭހަގޮތެކެވެ.

ފުރަތަމަ setting އަށް ދާށެވެ.

އައިއޯއެސް ވިޔަސް ނުވަތަ އެންޑްރޮއިޑް ވިޔަސް ސެޓިންގ މެނޫ ތަފާތެއް ނުވާނެއެވެ. ވަޓްސްއަޕް ގެ އެޕްލިކޭޝަންގެ ސެޓިންގއަށް ވަންނާށެވެ.

2. ދެން ސެޓިންގތެރެއިން Privacy section އަށް ވަންނާށެވެ.

ޕްރައިވެސީ ސެކްޝަން އަށް ފިތާލުމުން ދެންވަދޭ މެނޫއިން އިތުރުބައިތައް ފެންނާނެއެވެ.

3. އޭގެ ފަހުގައި އެޓެބްތަކުން Last Seen  ނަގާށެވެ.

ބަދަލު ނުގެނެސް އިންނައިރު ލާސްޓްސީން ޓެބް އިންނާނީ ޑިފޯލްޓްކޮށް “Everyone” ނެގިފައެވެ. އެހެންކަމުން އެތަންޖެހޭނީ ބަދަލުކޮށްލާށެވެ.

4. ދެން ޖެހޭނީ Nobody ނަގާށެވެ.

އެތަނުން އިތުރު އޮޕްޝަންތައް ލިބޭނެއެވެ. “Everyone,” އެވްރީވަން My Contacts މައިކޮންޓެކްސް ، މިއޮޕްޝަން ތަކުން ނޯބޮޑީ އޮޕްޝަންއަށް ފިތާލާށެވެ. އޭރުން އެނިމުނީއެވެ.

މިހާރު ތިބާގެ ވަޓްސްއަޕް ސްޓޭޓަސްގެ ލާސްޓްސީން އެއްވެސް ފަރާތަކަށް ދެނެނުގަނެވޭނެއެވެ. އެހެންކަމުން މެސެޖް ނުކިޔައިގެން ނުވަތަ ރިޕްލައިނުކޮށްގެން ދިމާވާ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެއެވެ.

ޓެގް

ވަޓްސްއަޕް ސޯޝަލްމީޑިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.