ކުޅިވަރު

އެންމެ ފަހުވަގުތު ލިވަޕޫލް ތިންވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު މެޗުތަކާއި ހަމައަށް އައިއިރުވެސް ވޭތުވެ ދިޔަ ސީޒަންގެ ޗެމްޕިއަން ލިވަޕޫލް އޮތީ ގަދަ 4 އަށް އަރާނެކަމާއި މެދު ސުވާލު އުފެދިފައެވެ. ނަމަވެސް ރޭ ކުޅެވުނު މެޗުގައި ކްރިސްޓަލް ޕެލަސް 2-0 އިން ބަލިކޮށް ލިވަޕޫލް ވަނީ އެންމެފަހުވަގުތު ލީގުގެ ތިންވަނަ ކަށަވަރުކޮށްފައެވެ. ލިވަޕޫލަށް ތިންވަނަ ލިބުނީ ލީގުގައި ރޭ ކުޅެވުނު މެޗުން ޗެލްސީ އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެ އަދި ލެސްޓާ ސިޓީ ވެސް ޓޮޓެންހަމް ހޮޓްސްޕާސް އަތުން 4-2 އިން ބަލި ވުމުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ހުރިހާ މެޗުތަކެއް ރޭ ކުޅެ ނިމުނުއިރު ލީގު ޗެމްޕިއަންކަން ހޯދި މެންޗެސްޓާ ސިޓީއަށް ވަނީ 86 ޕޮއިންޓް ލިބިފައެވެ. ދެ ވަނަ އަށް ދިޔަ މެންޗެސްޓާ ޔުނައިޓެޑަށް ލިބުނީ 74 ޕޮއިންޓެވެ.  ލިވަޕޫލް ތިން ވަނަ ހޯދީ 69 ޕޮއިންޓާ އެކު އެވެ. އަދި ލީގުގެ 4 ވަނަ ޗެލްސީއަށް ލިބެނީ 67 ޕޮއިންޓް އާއި އެކުގައެވެ.  

މި ލީގުގެ 5 ވަނައަށް ދިޔައީ ޗެލްސީ ބަލިކޮށް އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދި ލެސްޓާ އެވެ. އެ ޓީމަށް 66 ޕޮއިންޓް ލިބިފައިވާއިރު ލީގުގެ 6 ވަނަ 65 ޕޮއިންޓް އާއިއެކު ހޯދާ ޔޫރޮޕާ ލީގުގެ ފަހު ޖާގަ ކަށަވަރުކުރީ ވެސްޓް ހޭމް ޔުނައިޓެޑުންނެވެ. އަދި މިފަހަރުގެ ލީގުގެ ފަހު ދުވަސްކޮޅު ކޯޗު ބަދަލުކުރި ޓޮޓެންހަމް އިން ވަނީ އެންމެފަހުވަގުތު 62 ޕޮއިންޓައިއެކު ލީގުގެ 7 ވަނަ ހޯދާ އަންނަ ސީޒަނުގައި ޔުއެފާ އިން ފަށާ ތިން ވަނަ ފަންތީގެ މުބާރާތް ކަމަށްވާ ޔުއެފާ ކޮންފަރެންސް ލީގުން ފުރުސަތު ހޯދާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close