ޚަބަރު

އެންމެ ނުރައްކާބޮޑީ އިންޑިއާ ވޭރިއަންޓު، ކިރިޔާވެސް ސަލާމަތެއް އޮތީ 2 ޑޯޒް ފުރިހަމަކޮށްގެން

ކޮވިޑް-19 ގައި އެތައްބަޔަކު މަރުވެ ދުނިޔެ އަދި މިހާތަނަށް ނުދެކޭފަދަ ޢާލަމީ ވަބާއަކަށް މިކަން ވެފައިވާއިރު ، އަދި މިހާތަނަށް ފެނިފައިވާ އެންމެ ނުރައްކާތެރި ކޮވިޑް ވޭރިއަންޓަކީ އިންޑިއާއިން މިދިޔަ އޮކްޓޯބަރ މަހު ފެނިފައިވާ އާ ވޭރިންއަންޓް ކަމުގައި ޔޫކޭގެ ޑިޕާޓްމަންޓް އޮފް ހެލްތް އިން ބުނެފިއެވެ.

މިވޭރިއަންޓް އެންމެ ފުރަތަމަ އިންޑިޔާއިން ފެނިފައިވަނީ މި ވޭރިއަންޓް މިހާރުވަނީ ދުނިޔޭގެ އެކި ހިސާބުތަކުން 21 ޤައުމަކުން ފެނިފައެވެ. އޭގެތެރޭގައި އެމެރިކާ، އޮސްޓްރޭލިއާ، އިސްރާއީލް އަދި ސިންގަޕޫރު ހިމެނެއެވެ.

އެކި ގައުމުތަކުން މި ވޭރިއަންޓް ފެނުމާއި އަދި މިހާރު އިންޑިޔާގެ ހާލަތަށް ބަލައި އިނގިރޭސިވިލާތާއި ކެނެޑާ ފަދަ ގައުމުތަކުން ވަނީ އިންޑިޔާއަށް ދަތުރުނުކުރުމަށް ނިންމާފައެވެ. އިންޑިޔާއިން އެގައުމުތަކަށް މީހުން އެތެރެވުން ވަނީ ހުއްޓުވާފައެވެ.

އިންޑިޔާއިން ފެނިފައިވާ ކޮވިޑް ވޭރިއަންޓް “ބީ.ވަން.ސިކްސްވަންސެވެން” ގެ ސަބަބުން ދުވާލެއްގެ މައްޗަށް ތިން ލައްކައަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހި ތިން ދުވަހުގެ ތެރޭގައި އެއް މިލިއަންގެ ރިކޯޑެއް އިންޑިޔާގައި ގާއިމުވީ މިވޭރިއަންޓުގެ ސަބަބުންކަމަށް އިންޑިޔާގެ ސިއްޙީ އިދާރާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އިންޑިޔާގައި ކޮވިޑް-19ށް ޓެސްޓް ކުރެވެމުންދާ މިންވަރަށް ބަލާއިރު އިންޑިޔާގެ ތެރޭގައި މި ވޭރިންޓް ފެތުރިފައިވާ ހަލުވިމިނާއި މިންވަރު ދެނެގަނެވޭ ގޮތެއް ނުވެއެވެ. އިންޑިޔާގެ މަހަރާޝްތުރާ ސްޓޭޓްގައި ޖެނުއަރީ މަހުން ފެށިގެން މާރޗް މަހުގެ ނިޔަލަށް ޓެސްޓް ކުރި 361 ސާމްޕަލްގެ ތެރެއިން 220 ސާމްޕަލުން ވަނީ މި ވޭރިއަންޓް ދެނެގަނެވިފައެވެ.

އިގިރޭސި ވިލާތުގެ ސިއްހީއިދާރާތަކުން އިންޒާރުދީފައިވަނީ އިންޑިއާއިން ފެނުނު އާ ވޭރިއަންޓުން ސަލާމަތްވުމަށް އަދި ޚާއްޞަ ވެކްސިންއެއް އުފެއްދިފައި ނުވާއިރު މިހާތަނަށް ފެނިފައިވާ އެންމެ ރަނގަޅު ހައްލަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުންކަމުގައެވެ.

މި ވޭރިއަންޓުން ފެނިފައިވާ އެއް މިޔުޓޭޝަން ވެކްސިނަށް ކުރާ އަސަރު ކުޑަކަމާއެކު ސައިންސްވެރިން އަންނަނީ މި ވޭރިއަންޓަށް ވެކްސިނުން ކުރާ އަސަރު ދެނެގަތުމުގެ މަސައްކަތްކުރަމުންނެވެ. އެކަމުގެ ޓެސްޓްތައް ހަދަމުންނެވެ.

ބައެއް މާހިރުން ބުނާގޮތުގައި މި ވޭރިއަންޓުން އެންމެ ހާލަތު ގޯސްވާ މީހައަށްވެސް ވެކްސިނުން ކޮންމެވެސް ވަރެއްގެ ރައްކާތެރިކަމެއް ފޯރުކޮށްދޭނެއެވެ. އެހެންކަމުން ވެކްސިން ޖެހުމަކީ މުހިންމު ކަމެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close