ޚަބަރު ހަރަމްފުޅުގައި އިއްޔެ ހުކުރު ޚުތުބާ ދެއްވަނިކޮށް އިމާމަށް ހަމަލާދޭން މަސައްކަތްކޮށްފި

ހަރަމްފުޅުގައި އިއްޔެ ހުކުރު ޚުތުބާ ދެއްވަނިކޮށް އިމާމަށް ހަމަލާދޭން މަސައްކަތްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާތްވެގެންވާ މައްކާގެ ހަރަމްފުޅުގައި އިއްޔެ ޝެއިހް ބަންދަރު ބަލީލާ ހުކުރު ޚުތުބާ ދެއްވަނިކޮށް އިމާމަށް ހަމަލާދޭން މީހަކު އުޅެފިއެވެ.

ޝެއިހް ބަންދަރު ބަލީލާ ޚުތުބާ ދެއްވަނިކޮށް މިމްބަރަށް އަރަން މަސައްކަތްކުރީ އިހްރާމް ހެދުމުގައި ހުރި ފިރިހެނެކެވެ. މިހާދިސާގެ ވީޑިއޯއެއް ވަނީ ހަރަމައިން ޝަރިފައިންގެ ޓުވީޓާ އެކައުންޓުން ހާމަކޮށްފައެވެ. އެއީ ހަރަމްފުޅާ ބެހޭ މައުލޫމާތު ހާމަކުރާ ރަސްމީ އެކައުންޓެކެވެ.

މި ވީޑިއޯއިން ފެންނަ ގޮތުގައި ޚަތީބު ޚުތުބާ ކުރިއަށް ގެންދަވަނިކޮށް އިހްރާމްގައި ހުރި ފިރިހެނަކު ކުއްލިއަކަށް ތެދުވެ މިމްބަރާ ދިމާލަށް ދުއްވައިގަނެ އެވެ. އޭނާގެ އަތުގައި ކަނޑިއެއް ކަހަލަ އެއްޗެއް އޮތެވެ. މިމްބަރުގެ ދޮރާއި ދާދި ގާތައް އޭނާއަށް ދެވިފައި ވަނިކޮށް އެތަނުގައި ތިބި ޕަބްލިކް ސެކިއުރިޓީ އޮފިޝަލުން ވަނީ އެ މީހާ ހުއްޓުވައި ހައްޔަރުކޮށްފަ އެވެ.

ޚުތުބާ ކުރިއަށް ދަނިކޮށް ޚަތީބަށް ހަމަލާދޭން މަސައްކަތް ކުރި މީހާގެ އެއްވެސް މައުލޫމާތެއް އަދި ސައުދީ ސަރުކާރުން ހާމައެއް ނުކުރެއެވެ. ނަމަވެސް އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ.

އޭނާ ޚަތީބަށް ހަމަލާދޭން ދިޔައިރު އަތުގައި ކޮންމެވެސް އެއްޗެއް އޮތެވެ. ލަފާކުރެވޭ ގޮތުގައި އެއީ ދަނޑިބުރިއެކެވެ. ނަމަވެސް އޭނާ އަތުގައި އޮތީ ކޮންއެއްޗެއްކަން އަދި ކަށަވަރުކޮށް ބުނާކަށް ނޭންގެއެވެ.

ޓެގް

ޝައިޚްބަލީލާ މަސްޖިދުލްޙަރަމް ހުކުރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.