ޚަބަރު

ކޮވިޑް ބަލީގައި އިތުރު ދިވެއްސަކު ރޭ މެންދަމު ނިޔާވެއްޖެ

ކޮވިޑް ބަލީގައި އިތުރު ދިވެއްސަކު ނިޔާވެ މި ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 107 އަރައިފިއެވެ.

ރޭ މެންދަމު 03:01 ގައި މި ބަލީގައި ނިޔާވެފައިވަނީ އުމުރުން 69 އަހަރުގެ ދިވެހި އަންހެނެކެވެ.

މި މީހާ ނިޔާވެފައިވަނީ މި ބަލީގައި ލާމް ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާދެމުން އަންނަނިކޮށެވެ.

މީ މި ބަލީގައި މިއަދު ރާއްޖެއިން ނިޔާވި ފުރަތަމަ މީހާއެވެ.

ރާއްޖޭގައި މި ބަލީގެ ނުރައްކާ މިއަދު މިވަނީ މިބަލީގައި ދުވާލެއްގެ މައްޗަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު 1000 ވުރެ މައްޗަށް އަރާފައެވެ. އަދި މިއަދަދުގައި ހުންނަތާ މީވަނީ ހަފްތާއަކަށްވުރެ ގިނަދުވަސްވެފައެވެ.

ރާއްޖޭގައި ކޯވިޑް ޖެހުނު މީހުންގެ އަދަދު މިހާރުމިވަނީ 47،421 އަރާފައެވެ. މި ބަލީގައި އަޅުގަނޑުމެންނާއި ވަކިވެގެންދިޔަ މީހުންގެ އަދަދު 107 އެރީއެވެ. ނަމްބަރުތަކުން ބަލާއިރު މީ ރާއްޖެ ފަދަ ކުޑަ، ވަސީލަތް މަދު ޤައުމަކަށް އެއްވެސް ހާލެއްގައި ކުޑަ ނުވަތަ މަދު އަދަދެއް ނޫންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close