ޚަބަރު

އިސްރާއީލުން ދިން ހަމަލާއެއްގައި މޯލްޑިވް ޣައްޒާ ރެސްޓޯރަންޓު ބިމާހަމަކޮށްލައިފި

ފަލަސްޠީނުގެ ޣައްޒާގައި ހުންނަ މޯލްޑިވް ޣައްޒާ ރެސްޓޯރަންޓަށް ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް އިސްރާއީލް އޭ ކިޔުނު ޖަމާޢަތުން ދިންވަރުގަދަ ހަމަލާއެއްގައި އެތަން ކުދިކުދިވެ ބިމާ ހައްމަވެއްޖެއެވެ.

މެޑިޓެރޭނިޔަން ކަނޑަށްވާގޮތަށް ހުންނަ ތިން ފަންގިފިލައިގެ އެ ރެސްޓޯރެންޓަށް ޙަމަލާ އެތަން ސުންނާފަތި ކޮށްލައިފައިވަނީ މިއަދުއެވެ.  

އެ ރެސްޓޯރަންޓުގެ އިތުރުން އެ ސަރަޙައްދުގައި ހުރި ގިނަ ޢަދަދެއްގެ އިމަރާތްތަކެއްވެސް ވަނީ އިސްރާއީލްގެ ހަމަލާތަކުގައި ހަލާކުކޮށްލާފައެވެ.

މޯލްޑިވް ޣައްޒާ ރެސްޓޯރަންޓަކީ ފަލަސްތީނުގެ ރައްޔިތުންގެ އިތުރުން އެޤައުމަށް ޒިޔާރަތްކުރާ އެހެން ޤައުމުތަކުގެ މީހުންގެވެސް ވަރަށް މަޤުބޫލު މަންޒިލކެވެ.

ދެ މިލިއަން މީހުން ދިރިއުޅޭ ގާޒާގައި ދާދިފަހުން ހުޅުވި މި ކެފޭ ވަނީ “ރާއްޖޭގެ” ނަމާއެކު ދުނިޔޭގެ ސަމާލު ކަމަށް ވެސް އައިސްފަ އެވެ. ގާޒާގެ އަތިރިރިމަތީ ސަރަހައްދުގައި ކަނޑު ފެންނަ ގޮތަށް ހިލަމަތީގައި ހަދާފައިވާ މި ކެފޭ ވެގެންގޮސްފައިވަނީ ފަލަސްތީނާއި ދިވެހިންގެ އެކުވެރިކަމުގެ ރަމްޒަކަށެވެ.

ފާއިތުވި ހަފުތާގެ ތެރޭގައި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ޣައްޒާއަށް ދިން ޙަމަލާތަކުގައި 192އަށްވުރެ ގިނަ މީހުންވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 58 ކުޑަކުދިންނާއި 34 އަންހެނުން ހިމެނެއެވެ. އަދި 1،200އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައެވެ. އޭގެ އިތުރުން ފަލަސްޠީނުގެ ހުޅަނގު އައްސޭރިއަށް ދިން ޙަމަލާތަކުގައި 13 މީހުން ޝަހީދުވެ، 4،000އަށްވުރެ މީހުންވަނީ ޒަޚަމުވެފައެވެ.

އެއް ކޮމެންޓް

  1. ސުބުހަނަﷲ ޒަޔަނިސްޓުންނަށް ހަލާކު ހުރި ތިޔަ ރެސްޓޯރަންޓަކީ ޣާޒާ މީހުން ހަމައެކަނި ހިތްފަސޭހަކޮށްލުމަށް ދާން އޮތް ހަމައެކަނި މަންޒިލް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close