ޚަބަރު ކެނދިކުޅުދޫ އިންޖީނުގެ މެނޭޖަރު ސަސްޕެންޑްކޮށްފި

ކެނދިކުޅުދޫ އިންޖީނުގެ މެނޭޖަރު ސަސްޕެންޑްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފެނަކަ ނ.ކެނދިކުޅުދޫ ބްރާންޗްގެ ސްޓޭޝަންމެނޭޖަރ އިބްރާހިމް ޝާކިރު މުސާރަ ނުލިބޭގޮތަށް 30 ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކޮށްފިއެވެ.

ޝާކިރު ސަސްޕެންޑް ކުރިކަން ފެނަކަ ހެޑްއޮފީހުން އޭނައަށް އަންގާފައިވަނީ މިއަދު ފޮނުވި ސިޓީއެއްގައެވެ. އެސިޓީގައި ބުނެފައިވަނީ ޝާކިރުއާއި ބެހޭގޮތުން ޝަކުވާތަކެއް ހުށަހެޅިފައިވުމާއެކު އެކަމާ ގުޅުންހުރި މައްސަލައެއް ތަޙްޤީޤުކުރަމުން ގެންދާތީ ކުންފުނީގެ މުވައްޒަފުންގެ ޤަވާއިދު 2015 ގެ 40 މާއްދާގެ ހ. އަށް ރިޢާޔަތްކޮށް މުސާރަނުލިބޭގޮތަށް 30 ދުވަހުގެ މުއްދަތަށް ވަގުތީގޮތުން މަސައްކަތުން އެކަހެރި ކުރެވިފައިވާކަމަށެވެ. ޝާކިރަށް ފޮނުވާފައިވާ ސިޓީގެ ކޮޕީއެއް ނާރެސްމީޑިއާއަށް ވަނީލިބިފައެވެ.

ޝާކިރު ސަސްޕެންޑް ކޮށްފައިވާއިރު ކެނދިކުޅުދޫގައި ކަރަންޓުގެ މައްސަލަ ބޮޑުވެ ގެއްލުން ވަމުންދާކަމަށްބުނެ ރައްޔިތުން ވަނީ މުޒާހަރާ ކޮށްފައެވެ.

މިއަދު ކުރަންފެށި މުޒާހަރާ ވަކިހިސާބަކުން ހުއްޓާލައިފައިވީނަމަވސް މިރޭވެސް އަނެއްކާ ވަނީ މުޒާހަރާ ފަށާފައެވެ.

https://www.facebook.com/100000962321767/videos/5460628830645807/

އެއްވެ ތިބި މީހުން ބުނަމުން ދަނީ ރަށު ކަރަންޓު ވޯލްޓޭޖް ދަށްވުމުގެ މައްސަލަ ދިމާވަމުން އަންނަތާ އެތައް އަހަރެއް ވެފައިވާކަމަށާއި، ނަމަވެސް ސަރުކާރުން މިކަން ހައްލުކޮށްދިނުމަށް އަދި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށެވެ. މިކަން ހައްލު ނުވެ ދިގު ލައިގެން ދިއުމުގެ ސަބަބުން ރައްޔިތުންގެ މުދާ ވަނީ ހަލާކުވެފައި ކަމަށެވެ.

މިހާރު ސަސްޕެންޑްކޮށްފައިހުރި ކެނދިކުޅޫދޫ އިންޖީނުގޭގެ މެނޭޖަރު ނާރެސްއަށް ކިޔައިދިން ގޮތުގައި ވޯލްޓޭޖް ދައްވާ މައްސަލައަށް ޙައްލެއް ނުލިބި ދިގުލައިގެންދާ މައްސަލަ ބޮޑުވެގެން ރައްޔިތުންގެ ކަންބޮޑުވުންތައް ފެނަކަ ހެޑްއޮފީހާ 2018 ވަނައަހަރުން ފެށިގެން ދަނީ ހިއްސާކުރަމުނެވެ.

އަދި މިކަން ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން ހައިވޯލްޓޭޖް ކޭބަލް އެޅުމަށް ލަސްވާނެތީ ވަގުތީ ކޭބަލެއް އެޅުމުގެ މަސައްކަތްވެސް ކުރެވެމުންދާކަމަށް ޝާކިރު ބުންޏެވެ.  

ޓެގް

ކެނދިކުޅުދޫ މުޒާހަރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.