ކުޅިވަރު

ވަރުގަދަ ފިއްތުންތަކާއިއެކު އިގިރޭސިޓީމްތައް ސްޕަލީގުން ވަކިވެއްޖެ

ސަޕޯރޓަރުންނާއި ޤައުމުގެ ސިޔާސީ ގިނަބައެއްގެ ފިއްތުންތަކާއިއެކު ޔޫރަޕްގެ ބޮޑެތި ކްލަބުތައް އެއްވެގެން ފަށަން އުޅުނު ޔޫރަޕިއަން ސުޕަ ލީގުން އިނގިރޭސި ޕްރިމިއާ ލީގުގެ ހުރިހާ ކްލަބެއް ވަކިވެއްޖެ އެވެ. މިގޮތުން މި ލީގުން އެންމެ ފުރަތަމަ ވަކިވިކަން އިޢުލާންކޮށްފައިވަނީ މިވަގުތު ޕްރިމިއާ ލީގުގެ ތާވަލުގެ 1 ވަނާގައި އޮތް މެންޗެސްޓާ ސިޓީ އެވެ. ހަމަ މިއާއިއެކު ޗެލްސީންވެސް ސްޕަލީގުން ވަކިވިކަން އިޢުލާންކޮށްފައިވާއިރު ދެން މިލީގުގައި ބައިވެރިވި އިނގިރޭސި ޓީމުތައްކަމަށްވާ އާސެނަލް އާއި ޓޮޓެންހަމް ހޮޓްސްޕާ އާއި ލިވަޕޫލް އަދި މެންޗެސްޓާ ޔުނައިޓަޑް ވެސް ލީގުން ވަކިވެފައިވާކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.

މީގެ ތެރެއިން އެންމެގިނަ ސަޕޯރޓަރުން ހިމެނޭ ޔުނައިޓަޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކްލަބު ސުޕަ ލީގުން ވަކިވާން ނިންމީ “ސަޕޯޓަރުންނާއި އިނގިރޭސިވިލާތުގެ ސަރުކާރާއި މުހިންމު ސްޓޭކްހޯލްޑަރުންގެ އަޑުތައް އެހުމަށް ފަހު،” ކަމަށެވެ. އަދި ޗެލްސީގެ ސަޕޯރޓަރުންވަނީ ސްޕަލީގާއި ދެކޮޅަށް މަގުތަކަށް ނިކުމެ އަޑުއުލާފައެވެ. މީގެ އިތުރުން ދެން ހުރި ޓީމުތަކުގެ ސަޕޯރޓަރުންވެސް ވަނީ ސްޕަލީގައި ދެކޮޅަށް އަޑުއުފުލަން ފަށާފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ހަ ކްލަބުގެ އިތުރުން، ސުޕަ ލީގުގައި ބައިވެރިވުމަށް ދެން އެއްބަސްވީ ސްޕެއިންގެ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑާއި ބާސެލޯނާ އާއި އިޓަލީގެ އިންޓަ މިލާނާއި އޭސީ މިލާނަކީ ވެސް ސުޕަ ލީގުގެ ފައުންޑާ މެމްބަރުންނެވެ.

ސުޕަ ލީގެއް އުފެއްދުމަށް ނިންމާފައިވާކަން އިއުލާންކުރުމާއެކު، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ މި މުބާރާތް ކުރިއަށް ގެންދިއުމަށް ކްލަބުތަކުން ނިންމައިފި ނަމަ، އެކަމާ ގުޅިގެން އަޅާ ފިޔަވަޅުތަކަށް ވެސް ކްލަބުތަކުން ކުރިމަތިލާން ތައްޔާރުވާންޖެހޭނެ ކަމަށެވެ.

ހަމަ މިއާއިއެކު ދުނިޔޭގެ ނަންމަޝަޙޫރު ބާރުގަދަ ފުޓްބޯޅައިގެ ޢިދާރާތަކުން އަންނަނީ ސުޕަލީގުގައި ބައިވެރިވެފައިވާ ޓީމުތަކާއި އަދި ކުޅުންތެރިންނަށް ތަފާތު އިންޒާރުތައް ދެމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close