ޚަބަރު

ޕޮޒިޓިވްވެފައިވާ މީހަކު ނުވަތަ ކަރަންޓީންގައި ހުރި މީހަކު ވޯޓުލުމުގެ ކަންތައް ގެންދާނީ ކިހިނެއްތޯ މިދަނީ މަޝްވަރާކުރަމުން – އެލެކްޝަންސް

ޕޮޒިޓިވްވެފައިވާ މީހަކު ނުވަތަ ކަރަންޓީންގައި ހުރި މީހަކު ވޯޓުލުމުގެ ކަންތައް ކުރިއަށް ގެންދާނީ ކިހިނެއް ކޮން އުސޫލަކުންތޯ އަދި އެކަންކަން ހަމަޖެއްސޭނީ ކިހިނެއްތޯ ކަމާމެދު، އެޗްޕީއޭއާއެކު މަޝްވަރާ ކުރަމުންދާކަމަށް އިލެކްޝަން ކޮމިޝަނުން ކުރާނެ ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައިވަނީ މޮނީޓަރިންގގެ ހާލަތުގައި އޮންނަ ރަށްތަކުގައި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓްލެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތާގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުންނެވެ.

ޝަރީފް ވިދާޅުވީ މި ދަނޑިވަޅުގައި ވަރަށް ގިނަ ރަށްތައް މޮނީޓަރިންނަށް ލަމުންދާ ކަމަށެވެ. އަދި އިންތިހާބު ދުވަސްވަރާ ދިމާކޮށް ރަށެއް މޮނީޓަރިންގގެ ހާލަތަށް ގެނެސްފިނަމަ، އެ ރަށަކާ މެދު އަމަލު ކުރާނެ ގޮތުގެ އުސޫލު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި އިންތިހާބު ބޭއްވުމަކީ ޒަރޫރީ ކަމެއް ކަމަށް އެޗްޕީއޭ އަށް ވެސް ފެންނާތީ، މިހާރު މަޝްވަރާ ކުރެވިފައި އޮތް ގޮތުން އެ ރަށަށް އެ ބޭނުންވާ ވޯޓް ފޮއްޓާއި ސާމާނުތައް ޖެޓީ މަތިން އިލެކްޝަންގެ މުވައްޒަފުން އެ ރަށަށް ނުފައިބާ، ފޯކަލް ޕޮއިންޓުތަކާއި އޮފިޝަލުންނާ ހަވާލު ކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އަދި ވައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހަކު ނުވަތަ ކަރަންޓީންގައި ހުރި މީހަކަށް ވޯޓުލުމުގެ އުސޫލު އެޗްޕީއޭއާއެކު މަޝްވަރާ ކުރަމުންދާ ކަމަށާއި އެ އުސޫލު ފާސް ކުރުމުން އާންމު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވިއެވެ.

އިންތިހާބަށްޓަކައި އިލެކްޝަން ކޮމިޝަނުން ތައްޔާރުވަމުން އަންނައިރު ކޮވިޑްގެ ޕޮޒިޓިވް ކޭސްތައް ފެނިގެން އަތޮޅު ތެރޭން މިހާރުވެސް ވަނީ ޖުމުލަ 12 ރަށެއް އޮތީ މޮނިޓަރިންގެ ޙާލަތުގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close