ޚަބަރު އިންތިޚާބު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދެވޭނީ ގައިޑުލައިންތަކުން ލުއިތަކެއް ދީގެން- އިލެކްޝަންސް

އިންތިޚާބު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދެވޭނީ ގައިޑުލައިންތަކުން ލުއިތަކެއް ދީގެން- އިލެކްޝަންސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދެވޭނީ އެޗްޕީއޭއިން ތައްޔާރުކޮށްފައިވާ ގައިޑުލައިންތަކުން ލުއިތަކެއް ދީގެންކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ލޯކަލް ކައުންސިލް އިންތިޚާބަށް ވަމުންދާ ތައްޔާރިތަން ހާމަކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

ޝަރީފު ވިދާޅުވީ، އެލުއިތަށް ނުދޭކަމަށްވާ އިލެކްޝަންސްއަށް ގިނަ އުނދަގޫތަކާއި ކުރިމަތިވާނެކަމަށާއި އަދި އެކަމުގެ ސަބަބުން ދަޢުލަތަށް ޚަރަދުވެސް ބޮޑުވެގެންދާނެކަމަށެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، ޝަކުވާގެ ނިޒާމު ޤާއިމުކުރުމާއެކީގައި ޕީޕީއެމްއާއި ޕީއެންސީގެ ފަރާތުން ކެމްޕެއިން ކުރުމުގެ ފުރުޞަތު ނުލިބޭކަމުގެ ޝަކުވާ ހުށަހެޅިފައިވާކަމަށެވެ. އަދި ކެމްޕެއިން ކުރުމުގައި ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމަށްޓަކައި އެޝަކުވާ އެޗްޕީއޭއަށް ހުށަހަޅާފައިވާނެކަމަށްވެސް ޝަރީިފް ވިދާޅުވިއެވެ.

މީގެއިތުރުން ޝަރީފް ވިދާޅުވީ، ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަ ފުރުޞަތު ނުލިބޭކަމަށްވައްޔާ އިންތިޚާބު އިންސާފުވެރިނުވާނެކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލު މަހުގެ 10 ވަނަ ދުވަހުއެވެ.

ޓެގް

އެލެކްޝަންސް ލޯކަލް ކައުންސިލްއިންތިޙާބު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.